ads
މާލެ ވިލިގިނލި ގުޅިފަޅު އަދި ތިލަފުށީ ކަރަންޓް ނެޓްވޯކް ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ތިލަމާލެ ކަރަންޓް ނެޓްވޯކް ގުޅާލަން ޗައިނާ ކުންފުންޏަކަށް
މާލެ، ވިލިގިލި، ގުޅީފަޅު އަދި ތިލަފުށި ކަރަންޓް ނެޓްވޯކް ގުޅާލަން ސްޓެލްކޯއިން ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.
Advertisement

މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޮމްޕެނީ ލިމިޓެޑާއެވެ. މިކަމުގެ މިކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. 

މި އެއްބަސްވުމުގައި ސޮއިކުރެއްވަށްފަހު ސްޓެލްކޯގެ މޭނޭޖިން ޑިރެކްޓާ  ހުސެއިން ފަހުމީ ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް މާލެ، ވިލިގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމާއި، މި ސަރަހައްދުތަކުގެ ހަކަތައިގެ ޑިމާންޑްތައް ފުއްދުމަށް ހަރުދަނާ ނެޓްވޯކެއް ގާއިމުކުރުން ހިމެނޭކަމަށެވެ. މީގެއިތުރުން 150 މެގަވޮޓްގެ ޑުއަލް ފިއުލް ޕަވާ ޕްލާންޓެއް ގާއިމުކޮށް ކަރަންޓު އުފެއްދުމުގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުކޮށް، ހަކަތައިގެ ސްޓޭބަލް އަދި އިތުބާރުހިފޭ ސަޕްލައިއެއް ކަށަވަރުކުރުމަށްޓަކައި ސެންޓްރަލް ފެސިލިޓީއެއް ތަރައްޤީކުރުން ހިމެނޭކަމަށްވެސް ފަހުމީ ވިދާޅުވި އެވެ. 

" މި ތާރީހީ އެއްބަސްވުމަކީ ރާއްޖޭގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް އެޅުނު ވަރަށް ބޮޑު ކުރިއެރުމެއް." ފަހުމީ ވިދާޅުވި އެވެ.

ކަރަންޓްގެ ޑިމާންޑްތައް އިތުރުވަމުންދާ މައްސަލަތަކަށް މި އެއްބަސްވުމުގެ ސަބަބުންހައްލު ލިބޭނެކަމަށްވެސް ފަހުމީ ވިދާޅުވި އެވެ. 

ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ މިމަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށް ސްޓެލްކޯ އިން ލަފާ ކުރެ އެވެ.

މި ޕާޓްނަޝިޕްގައި ހިމެނޭ ބައިތައް

  • ހައި-ކެޕޭސިޓީ ޓްރާންސްމިޝަން ލައިން - މާލެ، ވިލިގިލީ ގުޅީފަޅާއި ތިލަފުށި ގުޅުވައި މި މުހިންމު ސަރަހައްދުތަކުގެ ހަކަތަގެ ނެޓްވޯކުން ގުޅާލުން
  • 150 މެގަވޮޓްގެ ޑުއަލް ފިއުލް ޕަވާ ޕްލާންޓް - ކަރަންޓް އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި މަރުކަޒީ ފެސިލިޓީއެއް ތަރައްޤީކޮށް، ސްޓޭބަލް އަދި އިތުބާރުހުރި ހަކަތަ ސަޕްލައިއެއް ކަށަވަރު ކުރުން
  • ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކޮމިޓްމަންޓް - ކަރަންޓުގެ ލޯޑާ އެއްވަރަށް ކެޕޭސިޓީ އުފެއްދުން
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް