ads
ރަސްދޫ ހައުސިން މަޝްރޫއު ފެށުމަށް ތައްޔާރުވަނީ
މިދިޔަ އަހަރު ސޮއިކުރި ރަސްދޫ ހައުސިން މަޝްރޫއު ފަށަނީ
ސަރުކާރުން ރަސްދޫގައި އަޅާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
Advertisement

އއ. ރަސްދޫގައި ސަރުކާރުން 50 ހައުސިން ޔުނިޓު އެޅުމަށް ވަނީ ނިންމާފައެވެ. 

ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫއޫގެ މަސައްކަތް ފެށުމަށް ބޭނުންވާ ހުރިހާ ސާމާނު އެރަށަށް ގެންގޮސްފައިވާކަމަށެވެ. އަދި ހައުސިން ޔުނިޓްތަކުގެ އަމަލީ  މަސައްކަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ހަމަޖެހިފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. 

އއ. ރަސްދޫގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 50 ހައުސިން ޔުނިޓު އަޅަން ނިންމާ އެ މަސައްކަތް ބަޔަކައި ހަވާލުކުރީ މިދިޔަ ވެރިކަމުގައި 2023ގެ ސެޕްތެމްބަރު 04 ގައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއިއެވެ. 

މިނިސްޓްރީން  އޭރު ބުނީ ރަސްދޫގައި އިމާރާތްކުރާ 50 ހައުސިން ޔުނިޓުގެ ތެރެއިން ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓު ހުންނާނެ ކަމަށެވެ. ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމާއި ބަދިގެ އާއި ކާގެ އާއި ލޯންޑްެރީ އަދި ސްޓޯ ރޫމެއް ހުންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ. 

ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޔުނިޓުތައް ވަށައިގެން އަލިކުރެވިގެންދާނެ ކަމަށާއި އޭގެ އިތުރުން ޕާކަކާއި ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް ގާއިމުކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން  ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް