ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމަށް ދޫކުރާ ހުއްދައާއި ވިޔަފާރިކުރާ ފަރާތްތަކާއި ތަކެތި ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދަށް އިސްލާހު ގެނެސް އެނަވަޔަރަމަންތް މިނިސްޓްރީން މިހާރު ވަނީ އާއްމުކޮށްފައެވެ.
އަ ގަވައިދުގައިވާ ވަނީ ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތި، ހުއްދައެއް ނެތި ރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެއްކަމަށް ކަނޑައަޅާފައެވެ. މީގެއިތުރުން ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައެއް ނުވަތަ އެތަކެތި ބޭނުންކޮށްގެން އުފައްދާފައިވާ އެހެން މުދަލެއް އެތެރެކުރުމަކީވެސް އަ ގަވައިދުގެ ދަަށުން މަނާކަމެކެވެ.
އާ ގަވައިދު ބުނާގޮތުން ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ އެއްޗެއް ރާއްޖެ އެތެރެކުރުމަށް ބޭނުންވާ ހުއްދަނެތި އެތެރެކޮށްފިނަމ،ަ އެ އެތެރެކުރި ކޮންމެ އެއްޗަކަށް 30,000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ވަނީ ކަނޑައަޅާފައެވެ. މި ފަދަ އެއްޗެއް އެތެރެކުރަން އެދޭނަމަ އެކަމުގެ ހުއްދައެދި 150 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެކަމަށްވެސް ގަވައިދުގައި ވެއެވެ.
ގަވައިދުގައި ވާގޮތުން އެފަދަ ދިރުމެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް އެތެރެކުރުމަށް ބޭނުންވާ ހުއްދަ ނެތި އެތެރެކޮށްފި ނަމ،ަ އެތެރެކުރި ކޮންމެ އެއްޗަކަށް 10,000 ރުފިޔާގެ މަގުން އެތެރެކުރި މީހަކު ޖުރިމާނާ ކުރެވޭނެއެވެ.
މީގެއިތުރުން އެފަދަ ޖަނަވާރެއް އަމިއްލަ ބޭނުމަށް ގެންގުޅުމާއ،ި ކޮންޓްރޯލްކުރުމާއ،ި ވިއްކުމާއ،ި ވިއްކުމަށް މަސައްކަތްކުރުމާއ،ި އާންމުންނަށް ފެންނަ ތަންތަނުގައި ބެހެއްޓުމަކީވެސް މަނާކަމެއްކަމަށް ވަނީ ކަނޑައަޅާފައެވެ. މި ފަދަ އަމަލެއްކޮށްފި ނަމ،ަ އެ މައްސަލައިގައި ހިމެނޭ ކޮންމެ ދިރޭ އެއްޗަކަށް ނުވަތަ އެއިން އެއްޗެއްގެ ބަޔަކަށް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމަކަށް 10,000 ރުފިޔާގެ މަގުނ،ް އެކަން ކުރި ފަރާތް ޖޫރިމަނާކުރެވޭނެކަމަށްވެސް ގަވައިދުގައިވެއެވެ.
ގާނޫނުގައި ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ގޮތުގައި ބަޔާންކޮށްފައިވާ އެއްވެސް އެއްޗެއް ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއް ބޭނުންކޮށްގެން އުފައްދާފައިވާ މުދަލެއް އެތެރެކުރުމަށް ގަވާއިދުގެ ދަށުން ދޫކުރާ ހުއްދައިގެ ނުވަތަ ރަޖިސްޓްރޭޝަނުގެ ޝަރުތަކާ ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު 5،000 ރުފިޔާއިން އަދި ދެވަނަ ފަހަރު 10،000 ރުފިޔާއިން އަދި ތިންވަނަ ފަހަރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށްވެސް ގަވައިދުގައި ވަނީ ހިމަނާފައެވެ. އަދި ތިން ފަަހަރަށްވުރެ ގިނައިން އެއިން ޝަރުތަކާ ހިލާފު އަމަލެއް ހިންގައިފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށްވެސް ގަވައިދުގައިވެއެވެ.
މީގެ ކުރިން އަމަލުކުރަމުން އައި ގަވައިދިގައިވަނީ ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތި ހުއްދަ ނެތި އެތެރެކުރާ ފުރަތަމަ ފަހަރު 10،000 ރުފިޔާއިން އަދި ދެވަނަ ފަހަަރު 20،000 ރުފިޔާއިން އަދި ތިންވަނަ ފަހަރު 40،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށެވެ. އަދި ތިންވަނަ ފަހަރަށްފަހު އެ ގަވާއިދާ ހިލާފަށް ތަކުރާރުކޮށް އެފަދަ އެއްޗެއް އެތެރެކޮށްފިނަމަ އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ކުރީގެ ގަވައިދުގައިވެއެވެ.