ads
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު
މަޖިލީހުގައި ޕީއެންސީ ދެބައިވުމުގެ ނިޝާންތައް ފެންނަން ފަށައިފި: މައުރޫފް
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ މައި ޕާޓީ ކަމުގައިވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ދެބައިވުމުގެ ނިޝާންތައް ފެންނަން ފަށައިފިކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
Advertisement

އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން މައުރޫފް ވިދާޅުވީ ޕީއެންސީގެ އެތެރޭގައި މިހާރުވެސް ދެ ހިޔާލެއް އޮތްކަމަށެވެ.

މައުރޫފް ވިދާޅުވި ގޮތުގައި މަޖިލީހުގެ ބައެއް މެންބަރުން ދައްކަވާ ވާހަކަފުޅުތަކުން ޕީއެންސީގެ މަޖިލިސް މެންބަރުންގެ މެދުގައި ދެ ހިޔާލެއްގެ އޮއިވަރު ހިނގަމުންދާކަން ސާފުވެއެވެ. އަދި މަޖިލީހުގެ މެންބަރުން ޖަލްސާއިން ބޭރުން އެއްވެ ވާހަކަދައްކާ ސަރަހައްދުގައި ބައެއް މެންބަރުން ސަރުކާރުން ހުށަހަޅާ ބިލުތަކާ ދެކޮޅަށް ކުރިއަށް އޮތް ތަނުގައި ވޯޓު ދޭނެކަމަށް ބުނަމުންދާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ހާލަތު މެދުވެރިވެފައިވަނީ ދާއިރާތަކުގައި ތަރައްގީގެ މަޝްރޫއުތައް ނުހިނގާތީ ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ތެރެއިން ވަކި އެއްބަޔަކު މާ ބޮޑަށް ކޮރަޕްޝަން ހިންގަމުންދާތީ އެކަމާމެދު ވެސް ކޮންގްރެސްގެ ބައެއް މެންބަރުން ނުރުހުން ފާޅުކުރަމުންދާ ކަމަށް އޭނާ ބުންޏެވެ. މައުރޫފް އިތުރަށް ވިދާޅުވީ މި ކަންކަމުގެ ސަބަބުން މެންބަރުންނަށް މިހާރު ދާއިރާތަކަށް ދިއުންވެސް ލަދުވެތި ކަމަކަށްވެފައިވާ ކަމަށެވެ.

މައުރޫފް ވިދާޅުވި ގޮތުގައި މި ހާލަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށްވެސް މިހާރު އެނގިވަޑައިގަންނަވާ ކަމަށާއި، އެކަމާ ގުޅިގެން އެމަނިކުފާނު މަޖިލީހުގެ ތެރެއިން ބައެއް ފިޔަވަޅުތައްވެސް އަޅުއްވަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. "މާގިނަ ދުވަސްތަކެއް ނުވެ ޕީއެންސީގެ މަޖިލިސް ބައިބައިވާނެ ކަމުގައި އަހަރެން ޝައްކެއް ނުކުރަން،" މައުރޫފް ވިދާޅުވިއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް