ads
ފުވައްމުލައް ސީޓިގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފް -- ފޮޓޯ: ސަން އޮންލައިން
ފުވައްމުލަކުގެ އިންތިހާބީ ދާއިރާތައް ބެހިގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް!
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް އިންތިޚާބީ 6 ދާއިރާއަކަށް ފުވައްލައް ސިޓީ ބެހުމާއި ގުޅިގެން އަވަށްތަކުގެ މެދުގައި ހުރި ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަނާއި ހިއްސާކޮށްފައި ވާނޭ ކަމަށް އެ ސީޓިގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް، އިންތިޚާބީ 6 ދާއިރާއަކަށް ފުވައްމުލަށް ސިޓީ ބެހުމާ ގުޅިގެން ރައްޔިތުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ފުވައްމުލަކުގެ އަވަށްތަކުގެ މެދުގައި އުފެދުނު ކަންބޮޑުވުންތަކާއި ރައްޔިތުންގެ ޝަކުވާތައް އެ ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފް މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނާ ހިއްސާކުރައްވާފަ އެވެ.

ފުވައްމުލަކުގައި 8 އަވަށް އޮންނަ އިރު ލޯކަލް ކައުންސިލް އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ދާއިރާތައް ބެހިގޮތުން ރައްޔިތުންގެ ޝަކުވާ ބޮޑުވީ އެންމެ އަވަށެއް ފިޔަވާ ހުރިހާ އަވަށެއް، އެއް އަވަށް އަނެއް އަވަށުގެ ތެރެއަށް ވަދެގެންދާ ގޮތަށް ދާއިރާތައް ބެހުމުންނެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މޭޔަރު ފަލާހު ވިދާޅުވީ އިންތިހާބީ ހަ ދާއިރާއަކަށް ފުވައްމުލަށް ސިޓީ ބަހާލުމުން ރަށުގެ އަވަށްތަކުގެ ރައްޔިތުންގެ ތެރެއިންވެސް ވަކިން ހާއްސަކޮށް ދިގުވާނޑު އަވަށުގެ ރައްޔިތުންގެ މެދުގައި ޚިޔާލްތަފާތުވުންތައް ބޮޑުވެފައިވާ ކަމަށެވެ. ރަށުގެ ތަރައްގީއާއި ގުޅިފައިވާ މިފަދަ ބޮޑެތި މައްސަލަތަކުގައި މަޝްވަރާއަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކިގެން ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް އީސީއާއި ހިއްސާ ކޮށްފައިވާނޭ ކަމަށްވެސް ވިދާޅުވި އެވެ. ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ރިޔާޔަތްކޮށް މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް އެދިފައިވާނެ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

ފުވައްމުލަކުގެ އިންތިހާބީ ކޮންމެ ދާއިރާއަކުން އެއް ކައުންސިލަރާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ވެސް އިންތިހާބީ ކޮންމެ ދާއިރާއަކުން އެއް ބޭފުޅަކު ހޮވާނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ފުވައްމުލަކަށް ހަ ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ ދެ ގޮނޑި އަކީ އަންހެނުންނަށް ހާއްސަ ދެ ގޮނޑި އެވެ.

އިންތިޚާބީ ދާއިރާތައް ކަނޑައެޅި ގޮތުގެ ރިޕޯޓް އިލެކްޝަންސް ކަމިޝަނުން އާއްމުކޮށް އިއުލާންކޮށްފައިވާއިރު އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ މިއަދުގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މިކަމާ ގުޅޭ ޑްރާފްޓް ރިޕޯޓްގައިވާ ގޮތުން އެއް އަވަށަކަށް އެކަނި ދާއިރާއެއް ހިމެނެނީ ހަމައެކަނި ދޫނޑިގަމު އަވަށުގަ އެވެ. ދެން ހުރި 5 ދާއިރާގައި ވެސް އެހެން އަވަށްތަކުގެ ބައިތައް ހިމަނާފައިވެ އެވެ. އެގޮތުން:

ފުވައްމުލައް ސިޓީ ދާއިރާ 1
މި ދާއިރާގައި ހިމެނެނީ ދަޑިމަގު އަވަށުގެ ހުރިހާ ގެއަކާއި ދިގުވާނޑު އަވަށުން ބައެއް ގޭތަށް ހިމެނޭ ގޮތަށް ޖުމްލަ އާބާދީ 2215 މީހުންގެ މައްޗަށެވެ. މިއީ ދެވަނައަށް އެންމެ ބޮޑު އާބާދި ހިމެނޭ ދާއިރާ އެވެ.

ފުވައްމުލައް ސިޓީ ދާއިރާ 2
މި ދާއިރާގައި ހިމެނެނީ ހޯދަޑު އަވަށުގެ ހުރިހާ ގެއަކާއި ދިގުވާނޑު އަވަށުން ބައެއް ގޭތައް ހިމެނޭ ގޮތަށް ޖުމްލަ އާބާދީ 2169 މީހުންގެ މައްޗަށެވެ.

ފުވައްމުލައް ސިޓީ ދާއިރާ 3
މި ދާއިރާގައި ހިމެނެނީ މާދަޑު އަވަށުގެ ހުރިހާ ގެއަކާއި ދިގުވާނޑު އަވަށުން ބައެއް ގޭތަކާއި މިސްކިތްމަގު އަވަށުން ބައެއް ގެތަށް ހިމެނޭ ގޮތަށް ޖުމްލަ އާބާދީ 2081 މީހުންގެ މައްޗަށެވެ. މިއީ އެންމެ އާބާދީ ކުޑަ ދާއިރާ އެވެ.

ފުވައްމުލައް ސިޓީ ދާއިރާ 4
މި ދާއިރާގައި ހިމެނެނީ ފުނާޑުު އަވަށުގެ ހުރިހާ ގެއަކާއި މިސްކިތްމަގު އަވަށުން ބައެއް ގެތަށް ހިމެނޭ ގޮތަށް ޖުމްލަ އާބާދީ 2098 މީހުންގެ މައްޗަށެވެ. މިއީ ދެވަނައަށް އެންމެ ކުޑަ އާބާދީ ހިމެނޭ ދާއިރާ އެވެ.

ފުވައްމުލައް ސިޓީ ދާއިރާ 5
މި ދާއިރާގައި ހިމެނެނީ މާލެގަމު އަވަށުގެ ހުރިހާ ގެއަކާއި މިސްކިތްމަގު އަވަށުން ބައެއް ހިމެނޭ ގޮތަށް ޖުމްލަ އާބާދީ 2360 މީހުންގެ މައްޗަށެވެ. މިއީ އެންމެ އެންމެ ބޮޑު އާބާދީ ހިމެނޭ ދާއިރާ އެވެ.

ފުވައްމުލައް ސިޓީ ދާއިރާ 6
މި ދާއިރާގައި ހިމެނެނީ ދޫނޑިގަމު އަވަށުގެ ހުރިހާ ގެތައް ހިމެނޭ ގޮތަށް ޖުމްލަ އާބާދީ 2151 މީހުންގެ މައްޗަށެވެ. މިއީ ތިންވަނައަށް އެންމެ ކުޑަ އާބާދީ ހިމެނޭ ދާއިރާ އެވެ.

އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ ގާނޫނީ ބާރު ލިބިފައިވަނީ އިލެކްޝަންސް ކޮމިޝަނަށެވެ. އެ ކޮމިޝަނުން އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ ކުރިން ސިޔާސީ ޕާޓީތަކާއި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ އަބަދުވެސް މަޝްވަރާކުރެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް