ވޭމަންޑޫ ރައްޔިތުން ވަނީ މިދިޔަ ހަފްތާގައި އެ މަރިކަޒު ކައިރިއަށް އެއްވެ މުޒާހަރާކޮށްފައެވެ. ރައްޔިތުން މުޒާހަރާކުރީ އެ މަރުކަޒުގައި ހުރި 17 އަހަރުގެ އަންހެން ކުއްޖަކު އެ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަނިޔާކުރާކަމަށް ބުނެއެވެ. އެއްވި ރައްޔިތުން ވަނީ އެމަރުކަޒު އެރަށުން ނެގުމަށް ގޮވާލާފައެވެ.
ވޭމަންޑޫ ކުޑަކުދިންގެ މަރުކަޒުގައި ތިބީ ފަސް ކުދިންނެވެ. ސޯޝަލް މިނިސްޓްރީން ބުނީ އެ ކުދިން އެހެން ރަށަކަށް މިހާރު ބަދަލުކޮށްފައިވާކަމަށެވެ. އަދި އެކުދިން އެހެން ރަށަކަށް ބަދަލަުކުރީ މިދިޔަ ހުކުރު ދުވަހުކަމަށް މިނިސްޓްރީން ބުނެއެވެ.
އެހެންނަމަވެސް އެއަށްވުރެ އިތުރު ތަފްސީލެއް މިނިސްޓްރީން އާއްމުކޮށްފައެއް ނުވެއެވެ.