ads
ހެލްތް މިނިސްޓަރ ހަލީލް
ފަލަސްތީނަށް ފައިސާ ފޮނުވިތޯ ޔަގީންކުރަން މިނިސްޓަރު މަޖިލިހަށް
"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ކުރިއަށް ގެންދިޔަ ޓެލަތޯނަށް ދިވެހީން ހަދިޔާކުރި ފައިސާ ފަލަސްތީން ރައްޔިތުންނަށް އެހީވާ ފަންޑާ ހަވާލުކުރިތޯ ޔަގީންކުރަން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ހުށައަޅައިފިއެވެ.
Advertisement

މިނިސްޓަރު މަޖިލިހަށް ހާޒިރުކުރަން ހުށައެޅީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

މީކާއިލް ހުށައެޅުއްވި މިނިސްޓަރު ހަލީލާ ކުރައްވަން ހުށައެޅުއްވި ސުވާލުގައި އެދިފައިވަނީ ޖޫން 13، ގައި ހިންގި ޓެލެތޯންގައި ލިބުނު 19.1 މިލިއަން ރުފިޔާ ފަލަސްތީން ރައްޔިތުންނަށް އެހީވާ ފަންޑާ ހަވާލު ކުރެވުނުކަން ކަށަވަރު ކޮށްދިނުމަށެވެ. އަދި އެ ފައިސާ އަދި ހަވާލު ނުކުރެވޭނަމަ އެކަން މިހާ ލަސްވީ ކީއްވެގެންތޯއާއި މި ފައިސާ ދެން ހަވާލު ކުރެވޭނެ ތާރީހެއް ސާފުކޮށް ދިނުމަށްވެސް މީކާއިލް ހުށައެޅުއްވި ސުވާލުގައިވެއެވެ.

ފަލަސްތީނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ "ފަލަސްތީނާ އެކު ދިވެހިން" ޓެލެތޯންއަށް ލިބުނު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ހާލުގައި ޖެހިފައިވާ ފަލަސްތީނު މީހުންނަށް އެހީވާ އދ.ގެ ޖަމާއަތް ކަމަށްވާ އަންރާއަށް ފޮނުވާފައިވާކަމަށް ފޮރުން މިނިސްޓްރީން ވަނީ މިދިޔަ އޮގަސްޓްމަހުގެ 20 ވަނަ ދުވަހު ބުނެފައެވެ. 

އެ ފައިސާ ފޮނުވީ ޑޮލަރުންކަމަށާއި  އެއީ 1.2 މިލިއަން ޑޮލަރުކަމަށް ސަރުކާރުން އޭރު ވަނީ ބުނެފައެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް