ads
މާޒިޔާ ކުވައިތަށް ފުރައިފި
މާޒިޔާ ކުވައިތަށް ފުރައިފި
އޭއެފްސީން އަލަށް ފަށާ އޭއެފްސީ ޗެލެންޖް ލީގުގައި ވާދަކުރާ މާޒިޔާއިން އެ މުބާރާތް ކުޅެން ކުވައިތަށް ފުރައިފިއެވެ.
Advertisement

މާޒިޔާއިން ކުވައިތަށް ފުރީ، އެ ޓީމުގެ އާ ކޯޗު ޑްރަގަން ޑުކަނޯވިޗް ގެ އިރުޝާދުގެ ދަށުން ދޮޅު މަހެއްހާ ދުވަސް ޕްރެކްޓިސް ކުރުމަށް ފަހުއެވެ. އުމުރުން 54 އަހަރުގެ ޑުކަނޯވިޗްއަކީ ސާބިއާއަށް ނިސްބަތްވާ ކޯޗެކެވެ. މާޒިޔާގެ އާ ކޯޗަކީ، މާޒިޔާ އަށް އިރުޝާދު ދޭނެ ބިދޭސީ ހަ ވަނަ ކޯޗެވެ. 

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނެ ތާރީހެއް އަދި ނޭގެއެވެ. އެހެން އެކަން އޮތް ނަމަވެސް، އޮކްޓޫބަރު މަހު ފަހުކޮޅު ފެށޭ އޭއެފްސީގެ ޗެލެންޖް ލީގުގައި މާޒިޔާއިން ކުޅެން ޖެހެއެވެ. އޮކްޓޫބަރު 26 ގައި ފަށާ އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާ ހިމެނެނީ ވަރުގަދަ ގްރޫޕެއްގަ އެވެ.

މާޒިޔާގެ ގްރޫޕްގައި ހިމެނޭ ކުވެއިތުގެ އަލް އަރަބި އަކީ އެ ގައުމުގެ ޕްރިމިއާ ލީގުގެ ރަނަރަޕް އެވެ. އަކްރަޑަގް އަކީ ތުރުކުމެނިސްތާންގެ ލީގާއި ކަޕް ޗެމްޕިއަންކަން އެންމެ ފަހުން ހޯދި ޓީމެވެ. އަދި ޕްލޭއޮފް ބުރުން އައި ކިރްގިސްތާންގެ އަބްދީޝް އާޓާ އަކީ އެ ގައުމުގެ އެންމެ ފަހުން ދެ ފަހަރު ވެސް ލީގު ޗެމްޕިއަން ހޯދި ޓީމެވެ.

އޭއެފްސީ ޗެލެންޖް ލީގަކީ އޭއެފްސީގެ ތިން ވަނަ ފަންތީ ކްލަބް ފުޓްބޯޅަ މުބާރާތެވެ. ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ، އޮކްޓޫބަރު 26، އޮކްޓޫބަރު 29 އަދި ނޮވެމްބަރު 1 ގަ އެވެ. މާޒިޔާ ހިމެނޭ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ކުވެއިތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް