ads
ވިހިވަނަ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް
ސިނގިރޭޓާއި ވޭޕްގެ ޑިއުޓީ ބޮޑުކުރުމުގެ ބިލް ކޮމިޓީ މަރުހަލާއަށް
ސިނގިރޭޓާއި ވޭޕްގެ ޑިއުޓީ ބޮޑުކުރުމަށް ހުށަހެޅި ބިލް މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
Advertisement

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި ބިލް ބަލައިގަތީ 71 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓުންނެވެ. ބިލް ބަލައި ނުގަތުމަށް ވޯޓު ދިނީ އެމްޑީޕީގެ ތިން މެންބަރުންނެވެ.

މި ބިލުގައި ހިމެނެނީ ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމާއި، ވޭޕް އެތެރެކުރުން މަނާކުރާ ތާރީހާ ހަމައަށް އެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމެވެ. އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކުން ނަގާ ޑިއުޓީގެ މިންވަރު 200 ޕަސަންޓަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފަ އެވެ.

ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 50 ޕަސަންޓަށް ބޮޑުކުރުމަށް ހުށަހަޅާފައިވާއިރު، އެއީ ސިނގިރޭޓު އަދި ބިޑިއަކުން އަށް ރުފިޔާއަށް ބޮޑުކުރުމަށެވެ. މީގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓުތަކުގެ ޑިއުޓީ ވެސް 50 ޕަސަންޓަށް ބޮޑުކުރުމަށް ހުށަހަޅާފައިވެ އެވެ.

ރައީސް މުހައްމަދު މުއިއްޒު ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރު 2024 އިން ފެށިގެން މަނާކުރުމަށް ނިންމަވާފަ އެވެ. އަދި ދުންފަތުގެ އުފެއްދުންތަކުގެ ވިޔަފާރީގެ މުއާމަލާތްކުރެވޭ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ވެސް ނިންމަވާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް