ads
ހޯމްލޭންޑް މިނިސްޓަރު އިހުސާން - ފޮޓޯ:ހޯމްލޭންޑް މިނިސްޓްރީ
ބިދޭސީންގެ ފީގެ ގޮތުގައި ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން 1 ބިލިއަން ހޯދައިފި
ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން 1 ބިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެއް ހޯދާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ ގޮތުގައި ޖުމުލަ 1.7 ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށެވެ. އޭގެ ތެރެއިން މިހާރު ހޯދާފައިވަނީ 1 ބިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެއް ކަމަށާއި، އަދިވެސް ނުލިބި އޮތީ 703 މިލިއަން ރުފިޔާ ކަމަށް އެ މިނިސްޓަރު ވިދާޅުވި އެވެ.

މި ފައިސާ ހޯދަމުންދަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި އޮޕަރޭޝަން މިހާރު ވަނީ މުޅި ރާއްޖެއަށް ފުޅާކޮށްފައެވެ. އަދި މިހާތަނަށް 6،891 ބިދޭސީއެއްގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށާއި، 82 ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް އެ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި އޮޕަރޭޝަންގެ އަމާޒަކީ ތިން އަހަރު ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޖުމުލަ ހައްލެއް ގެނައުން ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ބާރުމިނުގައި ދާނަމަ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކޮށް ނިންމާލެވޭނެ ކަމަށް އެ މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް