ads
ސީޕީ އަލީ ސުޖާއު
ފުލުހުންނާ ދެކޮޅަށް ހުށަހެޅޭ މައްސަލަތައް މީޑިއާއަށް ހާމަކުރަން ނިންމައިފި
ފުލުހުންނާ ދެކޮޅަށް ހުށަހެޅޭ މައްސަލަތައް މީޑިއާއަށް ހާމަކުރަން ފުލުހުންގެ އިދާރާއިން ނިންމައިފި އެވެ.
Advertisement

ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް، އަލީ ޝުޖާއު ވިދާޅުވީ، މިހާތަނަށް ފުލުހުންނާ ބެހޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގު ހިނގަމުންދާ ގޮތް މީޑިއާތަކަށް ހާމަ ނުކުރާ ކަމަށެވެ. ނަމަވެސް މިހާރު އެ ސިޔާސަތު ބަދަލުކޮށް، އެހެން މައްސަލަތަކުގައި މީޑިއާތަކަށް މައުލޫމާތު ދޭ އުސޫލުން ފުލުހުންނާ ބެހޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގެ މައުލޫމާތު ވެސް މީޑިއާތަކަށް ހާމަ ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފުލުހުންނާ ދެކޮޅަށް ހުށަހެޅުނު މައްސަލަތައް ތަހުގީގު ކުރެވި 48 ފުލުހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 17 ފުލުހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވެސް އޭނާ ހާމަކުރެއްވި އެވެ.

ފުލުހުންނާ ގުޅޭ މައްސަލަތައް ތަހުގީގު ކުރަމުން އަންނަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށް ޝުޖާއު ވިދާޅުވި އެވެ. މި އައު ސިޔާސަތުގެ ދަށުން ފުލުހުންގެ އިދާރާއިން މީޑިއާއަށް މައުލޫމާތު ދިނުމުގައި އިތުރު ހާމަކަން ގެނެސް، ޖަވާބުދާރީވުން އިތުރުކުރެވޭނެ ކަމަށް އުއްމީދު ކުރެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް