ads
މަންމައަށް ވަޅިން ބިރުދެއްކި މީހާ
އެއްވެސް ރަހުމެތް ނެތް، މަންމައަށް ވަޅިން ބިރު ދައްކާ ފޯނު ފޭރިގަނެފި
އަމިއްލަ މަންމައަށް އަނިޔާކޮށް ވަޅިން ހަމަލާދީ މަރާލާނެކަަމަށް ބުނެ ބިރުދައްކާ މަންމަގެ ފޯނު ފޭރިގަން މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ އެ މައްސަލަ އެ އިދާރާއަށް ރިޕޯޓްކުރީ އިއްޔެ އިރުއޮއްސި 18:17 ހާއިރުކަމަށެވެ. އަދި މި ރިޕޯޓް ލިބުނީ ހިޔާގެ 13 ނަންބަރު ޓަވަރުން ކަމަށްވެސް ފުލުހުން  ބުނެއެވެ. 

ފުލުހުން ބުނީ އެ ރިޕޯޓް ލިބިގެން ފުލުހުންގެ ޓީމް އެ ސީނަށް ދިޔައިރުވެސް އަންހެން މީހާ ރޯ އަޑު އިވޭކަމަށެވެ.

އެ އަޑު އިވޭ އެޕާޓްމެންޓްގެ ދޮރުގައި ޓަކިޖެހުމުން އަންހެނަކު ދޮރުހުޅުވިކަަމަށާއި، އޭނާގެ ދަރިފުޅު އޭނާއަށް އަނިޔާކޮށް، ބިރުދައްކާ، ފޯނު ފޭރިގެން ގޮސްފައިވާކަމަށް އެ އަންހެން މީހާ ބުނިކަމަށް ފުލުހުން ބުނެއެވެ. އަދި މި އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާދިންކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހ. އެހަޑަ، އުމުރުން 28 އަހަރުގެ މުހައްމަދު އިސްމާއީލްއެވެ. ފުލުހުން ބުނީ މީނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. 

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް