ads
މާކަސް ރަޝްފޯޑް
ރަޝްފޯޑުގެ ސޮއި ހޯދަން ބަޔާން އަދި ޕީއެސްޖީ
މެންޗެސްޓާ ޔުނައިޓެޑްގެ ތަރި މާކަސް ރެޝްފޯޑް ހޯދުމުގެ ރޭހަށް ޖަރުމަނުގެ ބަޔާން މިއުނިކާއެކު، ފްރާންސްގެ ޕީއެސްޖީވެސް ވަދެއްޖެއެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުން، އުނދަގޫ ހާލަތެއްގައި އޮތް ޔުނައިޓެޑުގެ ރަޝްފޯޑު ގެންދަން ބަޔާން މިއުނިކާ ޕީއެސްޖީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރެޝްފޯޑަކީ ކުލަބުގެ އެއް މޫނު ކަމަށް ބެލެވޭއިރު، ރަނގަޅު ކުޅުމެއް ނުކުޅެވޭތީ އޭނާވެސް ހުރީ ޕްރެޝަރުގައެވެ. އޭނާގެ މުސްތަގުބަލާ މެދު ގިނަ ފސުވާލުތަކެއް އުފެދިފައިވާއިރު، އޭނާގެ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އަދި އެބައޮތެވެ.

އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ޓީމްޓޯކް އިން ހާމަކޮށްފައިވާ ގޮތުގައި ޕީއެސްޖީން ވަނީ ވިންގާ އަށް ޝައުގުވެރިކަން އަލުން އާލާކޮށްފަ އެވެ. ލީގު 1 ގެ ޖަޔަންޓްސް އިން ރެޝްފޯޑް އަށް ދިގު މުއްދަތަކަށް ޝައުގުވެރިކަން ހުރިއިރު، މީގެ ކުރިން ވެސް ވަނީ އޭނާ ފްރާންސްއަށް ގެންދަން މަސައްކަތްކޮށްފައެވެ. މަސްދަރުތަކުން ބުނާ ގޮތުގައި ޖެނުއަރީ މަހުގެ ޓްރާންސްފާ ބާޒާރު ކައިރިވަމުން އަންނައިރު ރެޝްފޯޑް އޮލްޑް ޓްރެފޯޑް ދޫކޮށްލުމަކީ އެކަށީގެންވާ ކަމެކެވެ. ރެޝްފޯޑް ދޫކޮށްލުމަށް ޔުނައިޓެޑުން ފެހި ސިގްނަލް ދީފި ނަމަ، ޕީއެސްޖީއާއެކު ބަޔާން މިއުނިކުވެސް އޮތީ އޭނާގެ ސޮއި ހޯދުމަށް ތައްޔާރަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް