ads
އިންޑިއާއާއި ޗައިނާއާ ދެމެދު 2020 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކަށް ފަހު ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި
އިންޑިއާ-ޗައިނާ ގުޅިގެން ބޯޑަރުގައި ފޯރިމަރާ ގޮތަށް ދެ ގައުމު އެއްބަސްވެއްޖެ
އިންޑިއާއާއި ޗައިނާއާ ދެމެދު ހަމަނުޖެހުން އެންމެ ބޮޑުވެފައިވާ އެއް މައްސަލަ، ބޯޑަރު ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން އިންތިޒާމްކުރުމާމެދު އެއްބަސްވުމަށް އާދެވިފައިވާ ކަން ހާމަކޮށްފި އެވެ.
Advertisement

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ އިއްޔެ ވިދާޅުވީ 2020 ވަނަ އަހަރު އުފެދުނު އެ [ބޯޑަރު] ސަރަހައްދުތަކުގެ މައްސަލަތައް ހައްލުކޮށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ނަމަވެސް ބޯޑަރުގައި މިވަގުތު ތިބި ދެ ގައުމުގެ ސިފައިން މަދު ކުރުމާ ގުޅޭ ގޮތުން މައިސީރީ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން ޖިއާން އަންގާރަ ދުވަހު ވިދާޅުވީ ޗައިނާއިން އެ އެއްބަސްވުމަށް ރުހުން ދޭނެ ކަމަށެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެ ގައުމު ކަމަށްވާ ޗައިނާ އާއި އިންޑިއާ އަކީ ވަރުގަދަ ވާދަވެރިކަމެއް އޮންނަ ދެ ގައުމެވެ. ދެ ގައުމުގެ ދެމެދުގައި އިމުގެ މައްސަލަ އެންމެ ބޮޑަށް ޖެހެނީ ރަސްމީކޮށް އިން ކަނޑައެޅިފައި ނެތް ބައެއް ހިސާބުތަކުގެ ކޮންޓްރޯލް ހޯދަން އެއް ގައުމުން މަސައްކަތްކުރާ ކަމަށް އަނެއް ގައުމަކުން ތުހުމަތުކުރާތީއެވެ.

އިންޑިއާ އާއި ޗައިނާ ބައިކުރާ ރޮނގު - ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް، ގައި ކިތަންމެ ފަހަރަކު ހަމަނުޖެހުންތައް ވަނީ ހިންގާފަ އެވެ. މި ހަމަނުޖެހުންތަކުގައި އެތައް ސިފައިންނެއް މަރުވެ ޒަހަމް ވެސް ވަނީ ވެފަ އެވެ.

އިންޑިއާ އަދި ޗައިނާ ގުޅޭ ބޯޑަރަށް ދެ ގައުމުގެ ސިފައިން އިތުރު ކުރީ 2020 ގައި އެތަނުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އެ ހަމަނުޖެހުންތަކުގައި 20 އިންޑިއާ ސިފައިން އަދި ހަތަރު ޗައިނާ ސިފައިން ވަނީ މަރުވެފަ އެވެ.

އިންޑިއާ އަދި ޗައިނާ ގުޅޭ އެ ބޯޑަރަކީ 3،488 ކިލޯ މީޓަރު ބޮޑު ސަރަހައްދެކެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް