ސައުދީ ލީގުގައި މިހާރު ކުޅެމުން އަންނަ ނޭމާ، އެނބުރި ކުޅުމަށް އައީ އަހަރެއްހާ ދުވަހު އަނިޔާއަށް ފަރުވާ ހޯދުމަށް ފަހުއެވެ. އެނބުރި އައިސް އޭނާވަނީ ކްލަބަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ 20 ވަރަކަށް މިނިޓް ކުޅެފައެވެ. އިއްޔެ ކުޅުނު މި މެޗުން ނޭމާގެ ޓީމު މޮޅުވިއެވެ.
ނޭމާ މިއަދު ބުނީ، އަލުން ކުޅުމުގެ ތެރެއަށް އާދެވުނުކަމީ ބޮޑު އުފަލެއް ކަމަށެވެ.
"ދަނޑުން ދުރުގައި 12 މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ، އޭނާ އެންމެ ލޯބިވާ ކަންތައްތައް ކުރުމަށް އެނބުރި އައުމަށް ވަޒަން ނުކުރެވޭ ވަރުގެ އުފަލެއް ލިބިއްޖެ"