އެކަމަނާ މިކަމަށް ގޮވާލެއްވީ، ދުނިޔޭގެ ދުންފަތުން އިސްތިއުމާލުނުކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން މ.މުލަކުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި ދުންފަތުގެ ނުރައްކާތެރިކަން ފާހަގަކުރައްވައި، އެ ވަބާއިން ސަލާމަތްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މިއަހަރުގެ ޝިއާރަށް އިޝާރާތްކުރައްވައި ސާޖިދާ ވިދާޅުވީ، އެކި ދުވަސްވަރު އެކި ގޮތްގޮތަށް ދުންފަތް އިޝްތިހާރު ކުރަމުންދާ ކަމަށެވެ.
މިހާރު އާންމުކޮށް އެފަދަ އިޝްތިހާރު ނުކުރެވުނު ނަމަވެސް އަދިވެސް ސިއްރުން ތަފާތު ގޮތްގޮތުން މީހުން ޝައުޤުވެރި ކުރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެފަދަ ދަލުގައި ޖެހުމަށްވުރެ ތޫނުފިލިކަން އިސްކުރެއްވުމަށް އެކަމަނާ ގޮވާލެއްވި އެވެ.
އަމިއްލަ ސިއްހަތާއި ހަށިގަނޑަށް ގެއްލުން ލިބޭ އެއްވެސް ކަމެއް ކުރަން އެއްވެސް މީހަކު ބޭނުންނުވާނެކަން ފާހަގަކުރައްވައި، ފަސްޓް ލޭޑީ ވަނީ އެ ވަބާއިން ދުރުވުމަށް އާ އަޒުމަކާއެކު މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;