ads
ހުޅުމާލޭގައި ހަދާ ބުޅާ ސެންޓަރުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަނީ
ބޮޑު މުސާރައާއިއެކު ބުޅާ ސެންޓަރަށް ޑޮކްޓާރުންނާއި ނަރުހުން ހޯދަނީ
ހުޅުމާލޭގައި އަޅާ ބުޅާ ސެންޓަރަށް ޑޮކްޓަރުންނާއި ނަރުހުން ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.
Advertisement

ހުޅުމާލޭގައި ހަދާ ބުޅާ ސެންޓަރަށް ގެންދާ ބުޅާތަކަށް ފަރުވާދިނުމަށް ޑޮކްޓަރަކާއި ދެ ނަރުހުން ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ. 

ސިޓީ ކައުންސިލުން ބުނީ މި ސެންޓަރަށް ހޮވޭ ޑޮކްޓަރު ނުވަތަ ވެޓެރިނޭރިއަންގެ މުސާރައަކީ 35،000 ރުފިޔާކަކަމަށެވެ. އޭނާގެ މަސައްކަތުގެ ތެރޭގައި ބުޅާ ސެންޓަރަށް ހިދުމަށް ހޯދުމަށް އަންނަ ފަރާތްތަކަށް ހިދުމަތް ދިނުމާއި އެ ސެންޓަރަށް ގެނެވޭ ބުޅާތަކުގެ މެޑިކަލް އެގްޒެމިނޭޝަން ހެދުމާއި، ސިއްހީ ހާލަތު ބެލުްނ ހިމެނެއެވެ. މީގެއިތުރުން ވެޓްރިނަރީ ހިދުމަތް ބޭނުންވާ މާލޭގެ އަވަށްތަކަށް ޒިޔާރަތްކޮށް އެ ހިދުމަތް ދިނުމާއި ފާމް އެނިމަލް އާއި ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރު ނުވަތަ ދޫނި ސޫފާ ސުއިޕަށް ޖެހޭ ބަލިތައް ދެނެގަނެ، ފަރުވާ ދިނުމާއި ސަރޖަރީ ހެދުންވެސް ހިމެނެއެވެ. 

ވެޓެރިނަރީ ނަރުހުންގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 8،130 ރުފިޔާއެވެ. އަދި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ސާވިސް އެލަވަންސްގެ ގޮތުގައި 100 ރުފިޔާ ލިބޭނެކަމަށާއި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، މުސާރައިގެ 35 ޕަސެންޓު ވެސް ލިބޭނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ. 

ހުޅުމާލެ ފޭސް ދޭއްގައި ހަދަމުން އަންނަ ބުޅާ ސެންޓަރުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާއި ގާތްވެފައެވެ. މާލޭގ މަގުތަކުގައި އުޅޭ ބުޅާތައް އަންނަ މަހުގެ ތެރޭގައި އެތަނަނަށް ގެންދަން ފަށާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އެތަނަށް ގެންދާ ބުޅާތައް ކުޅޭ ސަމާނުތައް ހޯދުމަށްވެސް ސިޓީ ކައުންސިލުން ވަނީ  އިއުލާންކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް