ads
ހޯމް މިނިސްޓަރު އަލީ އިހުސާން
އަންނަ މަހު ހޯޕް އައިލެންޑްގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވަނީ
ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިސްލާހުކުރަން ހަދާ "ހޯޕް އައިލެންޑް" ގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވަމުންދާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
Advertisement

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ ހޯޕް އައިލެންޑް ބިނާކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒު ވަނީ ދ. ވާނީ ކަނޑައަޅުއްވާފައި ކަަމަށާއި ދ. ވާނީ އަށް ބޭނުންވާ ކޮންސެޕްޓް ޑްރޮވިންތައް،ސްޓްރަކްޗަރަަލް ޑްރޮވިންތައްވެސް ނިންމާ، ހުރިހާ މަސައްކަތެއްވެސް މިހާރު ހުރީ ނިމިފައިކަަމަށެވެ.

އެގޮތުން އަންނަ ހަފްތާތެރޭގައި މި ޕްރޮޖެކްޓަށް ފައިނޭންންސް ކުރަން އިކޮނޮމިކް ކައުންސިލަށް އެކަން ހުށަހަޅާނެކަމަށް މިނިސްޓަރރު ވިދާލުވި އެވެ.

"އިކޮނޮމިކް ކައުންސިލުން ފައިނޭންސް މޮޑެލް އެޕްރޫވްކޮށްދެއްވީމަ އަޅުގަނޑުމެން މިބަލަނީ 17 ނޮވެމްބަރުގެ ކުރިން މި ޕްރޮޖެޓް ރަސްމީކޮށް އިފްތިތާހު ކުރެވޭތޯ" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

ކުޑަކުދިން ގާނޫނާ ގަވައިދަށް ކުށްކުރާ މާހައުލުގައި، ކުށުގެ މާހައުލުގައި އުޅެމުންދާ ، ހުށަހެޅިގެން ދާ މައްސަލަ ހައްލުކުރުމަށްޓަކައި އެންމެ ބޮޑު މަސައްކަތެއްގެ ގޮތުން މި ސަރުކާރުން މިހާރު ކުރަމުން މިދަނީ ހޯޕް އައިލެންޑް ގާއިމްކުރުމުގެ މަސައްކަތް ކަމަށްވާއިރު މި މަސައްކަތަަކީ ރާއްޖޭގައި ކުށުގެ މާހައުލުގަިއ އުޅެމުންދާ ކުދިން އެ މާހައުލުން ނަގާ ރަނަގަޅު މާހައުލެއްގައި އަދި  ރަނގަޅު ޖީލެއް ގޮތުގައި ބިނާކުރެވޭނެ، ކޮންޓްރޯލްޑް ޕްރޮގްރާމެއް ތެރޭގައި ގެންގުޅުމަށްޓަކައި ރާވައިގެން ހިންގޭ ޕްރޮގްރާމެއް ކަމަަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

ހޯޕް އައިލެންޑްގައި އެ ކުދިންގެ އުމުރުން 18 އަހަރު ވަންދެން ގެންގުޅުމަށް ފަހު، ފުލުހުންނާއި ސިފައިންގެ ވަޒީފާއަށް ރަސްމީކޮށް ނަގާނެ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ. ވަކި މުއްދަތަކަށް އެ ހިދުމަތުގައި އުޅެ، އިވެލުއޭޝަނެއް ހެދުމަށްފަހު ދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު އެ ކުދިންނަށް ދޭނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފަ އެވެ.

ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމަށް ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށް ކުރަން ސަރުކާރުން ނިންމާފައި ވަނީ އެފަދަ ޕްރޮގްރާމުތައް ހިންގަން ބޭނުންވާ ގާނޫނީ ބާރުވެރިކަން ހޯދުމަށް ކަމުގައި ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް