ads
މަންމައަށް ވަޅިން ބިރުދެއްކި މީހާ
މަންމައަށް އަނިޔާކުރި މީހާގެ ބަންދަށް 10 ދުވަސް
އަމިއްލަ މަންމައަށް އަނިޔާކޮށް ވަޅިން ހަމަލާދީ މަރާލާނެކަމަށް ބުނެ ބިރުދައްކާ މަންމަގެ ފޯނު ފޭރިގަތް މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
Advertisement

ހިޔާގެ 13 ނަންބަރު ޓަވަރުގައި ހިނގި މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. އެހަޑަ، އުމުރުން 28 އަހަރުގެ މުހައްމަދު އިސްމާއީލްއެވެ. ފުލުހުން ބުނީ އެ ރިޕޯޓް ލިބިގެން ފުލުހުންގެ ޓީމް އެ ސީނަށް ދިޔައިރުވެސް އަންހެން މީހާ ރޯ އަޑު އިވޭކަމަށެވެ. އެ އަޑު އިވޭ އެޕާޓްމެންޓްގެ ދޮރުގައި ޓަކިޖެހުމުން އަންހެނަކު ދޮރުހުޅުވިކަމަށާއި، އޭނާގެ ދަރިފުޅު އޭނާއަށް އަނިޔާކޮށް، ބިރުދައްކާ، ފޯނު ފޭރިގެން ގޮސްފައިވާކަމަށް އެ އަންހެން މީހާ ބުނިކަމަށް ފުލުހުން ބުނެއެވެ. އަދި މި އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާދިންކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލާގައި ހ. އެހަޑަ، އުމުރުން 28 އަހަރުގެ މުހައްމަދު އިސްމާއީލް ފުރަތަމަ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރަން އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް