ads
ހޯމް މިނިސްޓަރު އަލީ އިހުސާން
ބުލީ ކުރުމަށް ސްކޫލްތަކުގައި ކުޑަކުދިން ލައްވާ ގަދަކަމުން ވޭޕް ކުރުވަނީ
ބުލީ ކުރުމުގެ ގޮތުން ސްކޫލްތަކުގައި ކުޑަކުދިން ލައްވާ މަޖުބޫރުން ވޭޕް ކުރުވާތީ ހޯމް މިނިސްޓަރު އަލީ އިހުސާން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
Advertisement

އިހުސާން މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އިހުސާން ވިދާޅުވީ ވޭޕް މަނާކުރުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުން އެއީ ބައިވަރު އެކި ކަންކަމަށް ބަލާފައި ނިންމެވި ނިންމުމެއް ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއްކަމަކީ މަސްތުވާތަކެތީގެ ވަބާގައި ރާއްޖޭގެ ކުދާކުދިން ޖެއްސުމަށް މީގެ ތެރެއިން މަސައްކަތް ކުރަމުން ދާ ދިޔުން ހުއްޓުވުމަކަށް ގެނައުން ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

"މިގޮތުން އަޅުގަނޑު ފާހަގަކުރިން އަޅުގަނޑުމެން ނަށް ފާހަގަކުރެވިފައި އެބަހުރި ސްކޫލްތަކުގައި ގްރޭޑް 3 ގައި އުޅޭ ދަރިވަރުންވެސް ބައެއްފަހަރަށް ސްކޫލްގައި ފާހަނައަށްދާ މަގުމަތީގައި ، ފާހަނަ ކައިރިން އެކުއްޖާއަށް އެހެން މީހަކު ، ނުވަތަ އެހެން ކުުއްޖަކު ވޭޕް ސްޓިކެއް ދީ ، މަޖުބޫރުކޮށް ، ކުދިންނަށް ބުލީ ކުރަމުން ދާކަންވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި" މިނިސްޓަރު އިހުސާން ކަންބޮޑުވުމާއެކު ވިދާޅުވިއެވެ.

އޭގެއިތުރުން  ސްކޫލް ތަކުގެ ތެރެއިން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެތައް ހާސް ވޭޕް ސްޓިކެއް މިދިޔަ 1 އަހަރު ދުވަސް ތެރޭގައި ނަގާ ފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.އެ ސަބަބުތަކާ ހުރެެ ވޭޕްގެ މައްސަަލައަށް ނިންމުމެއް ގެންނަށް ސަރުކާރަށް މަޖުބޫރިވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތުއްތު ކުދިން ކުރިއަށް އޮތްތާގައި ރާއްޖޭގެ ޒުވާނުން ރާއްޖޭގެ މުސްތަގްބަލް ހުރިހާ އެންމެން މަސްތުގެ މާހައުލަށް ދިޔައީމަ ، މި ގައުމަށް އެންމެ ފައިދާހުރި ގޮތެއް ނޫން އެއިކީއެއް ، އެއީ އުނދަގު ނިންމުމެއް ކަމުގައި ވިޔަސް ރައީސް މުއިއްޒު ނިންމެވި ނިންމުމަކީ ދިވެހި ގައުމަށް ދިވެހި ރާއްޖޭގެ ކުރިމަގަށް އަޅުއްވަން ޖެހޭ އެންމެ ރަނގަޅު ފިޔަވަޅު" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

ވޭޕް ކުރުމަކީ ވަރަށް ގިނަ ޒުވާނުން ސޯޝަލް މީޑިއާގައި ވެސް ކެޝުއަލީ ކުރާ ކަމަކަށްވީނަމަ ވެސް އެ ކަމުން ލިބޭ ބޮޑު ގެއްލުމުން ސަލާމަތްވުމަށްޓަކައި އެ ބޭން ކުރުން އެއީ ކޮންމެހެން ކުރަން ހުއްޓުވަން ޖެހޭ ކަމެއްކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ތަންފީޒި އިދާރާތަކުން ކަސްޓަމްސް ސާވިސް އަދި ޕޮލިސް ސާވިސްއިން ރައީސް މުއިއްޒުގެ މި ނިންމެވުން ފުރިހަަމައަށް ތަންފީޒްކުރާނެ ކަމުގެ ޔަގީން ކަން މިނިސްޓަރު އިހުސާން ދެއްވިއެވެ.

ރާއްޖެއަށް ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ  15 ދުވަހުން ފެށިގެން މަނާކުރަން ރައީސް ޑރ. މުއިއްޒު ވަނީ ނިންމަވާފައެވެ. އަދި ވޭޕް ރާއްޖޭގައި ބޭނުންކުރުން ޑިސެމްބަރު 15 އިން ފެށިގެން މަނާކުރަންވެސް ރައީސް ވަނީ ނިންމަވާފައެވެ. އަދި ވޭޕް ބޭނުންކޮށްފި މީހަކު 5000 ރުފިޔާއިން ޖޫރިމަނާ ކުރަން ވެސް މިހާރު ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް