ads
މަގުމައްޗަށް އެޅުނު ކުލަތައް ސިފައިން ދޮންނަނީ
ބްރިޖު ކައިރިއަށް އެޅުނު ކުލަތައް ސިފައިން ނުކުމެ ދޮވެފި
ކުލަ ފާޓާތަކެއް ބަރުކޮށްގެންދިޔަ ޕިކަޕަކުން އެ ފާޓާތައް މަގުމައްޗަށް ވެއްޓި މަގުމައްޗަށް އެޅުނު ކުލަތައް ސިފައިން ނުކުމެ ދޮވެފިއެވެ.
Advertisement

މިއަދު މެންދުރު ހިނގި މި ހާދިސާގައި ކުލަ ފާޓާތައް ވެއްޓިފައިވަނީ އެ ޕިކަޕު ހުޅުމާލެއިން ބްރިޖު ހުރަސްކޮށް މާލެ އަރާ ސެނަހިޔާ ހުންނަ މަގަށް އަނބުރާލި ވަގުތުއެވެ. ޓަޕުތައް ވެއްޓި މުޅި މަގުގައި އޮތީ ހުދުކުލަ ލެވިފައެވެ. ކުލަ ޓައްޕުތައް ވެއްޓުމުން ޕިކަޕްގައި ތިބި މީހުން މަގަށް ފައިވާ އެ ކުލަތައް ނެގުމުގެ މަސައްކަތް އޭރު ކުރިއެވެ. 

މަގުމަތީގައި އޮތް ކުލަތައް އެންމެފަހުން ސާފުކުރީ ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޓީމު ނުކުމެއެވެ. އެޓީމުން ވަނީ މަގުމައްޗަށް ފެން ޖަހާ ކުލަތައް ސާފުކޮށްފައެވެ.

your imageމަގުމައްޗަށް އެޅުނު ކުލަތައް ސިފައިން ދޮންނަނީ 

މަންޒަރު ދުށް މީހުން ބުނީ އެ ޕިކަޕުން ސަޅީހަކަށް ކުލަ ޓައްޕު މަގުމައްޗަށް ވެއްޓުނުކަމަށެވެ. އޭގެތެރެއިން އެއްބައި ތަކެތި ފަޅައިގެންދިޔައިރު އަނެއްބައި ތަކެތި ފުރޮޅުމުން މަގުގެ އެކޮޅުން އަނެއްކޮޅަށް ދިޔަކަމަށްވެސް މީހުން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް