ކުލަ ފާޓާތައް މަގުމައްޗަށް ވެއްޓިފައިވަނީ ފުރެންދެން މުދާ އަރުވައިގެން ދިޔަ ޕިކަޕަކުންނެވެ. މި ޕިކަޕު ފުރެންދެން އެއްޗެހި އަރުވާފައި ހުރި އިރު ކުލަ ފާޓާތައް ބަހައްޓާފައި ހުރީ އެންމެ މަތީގައެވެ.
ކުލަ ފާޓާތައް ވެއްޓިފައިވަނީ އެ ޕިކަޕު ހުޅުމާލެއިން ބްރިޖު ހުރަސްކޮށް މާލެ އަރާ ސެނަހިޔާ ހުންނަ މަގަށް އަނބުރާލި ވަގުތުއެވެ. ޓަޕުތައް ވެއްޓި މުޅި މަގުގައިވަނީ ހުދުކުލަ ލެވިފައެވެ. ކުލަ ޓައްޕުތައް ވެއްޓުމުން ޕިކަޕްގައި ތިބި މީހުން މަގަށް ފައިބާ އެ ކުލަތައް ނެގުމުގެ މަސައްކަތް ކުރާ މަންޒަރު ފެންނަ ފޮޓޯތަައްވެސް ވަނީ އާއްމުވެފައެވެ.
މަންޒަރު ދުށް މީހުން ބުނީ އެ ޕިކަޕުން ސަޅީހަކަށް ކުލަ ޓައްޕު މަގުމައްޗަށް ވެއްޓުނުކަމަށެވެ. އޭގެތެރެއިން އެއްބައި ތަކެތި ފަޅައިގެންދިޔައިރު އަނެއްބައި ތަކެތި ފުރޮޅުމުން މަގުގެ އެކޮޅުން އަނެއްކޮޅަށް ދިޔަކަމަށްވެސް މީހުން ބުނެއެވެ.