ads
އިންޑިޔާގެ ކާމިާބު ޑައިރެކްޓަރު ޝުބާސް (މ) އޭނާ އުފެއްދި ފިލްމު ކަލަނަޔަކްގެ ތަރިންނާއި އެކު
ސުބާޝްގެ ބައޮގްރަފީ އަންނަމަހު ނެރެނީ
އިންޑިއާގެ ކާމިޔާބު ޑައިރެކްޓަރު ސުބާޝްގެ ބައޮގްރަފީ އަންނަމަހު ނެރެން ނިންމައިފިއެވެ.
Advertisement

މި ބައޮގްރަފީ އަށް  ދީފައިވާ ނަމަކީ "ކަރްމާސް ޗައިލްޑް" އެވެ. މި ބައޮގްރަފީ ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ މަހު މުމްބާއީގައި ބާއްވާ ލިޓްރޭޗާ ލައިވް ފެސްޓިވަލްގައެވެ. މި ހަފުލާ ޝަރަފުކޮށް ދޭން ހަމަޖެހިފައި ވަނީ މަޝްހޫރު ޅެންވެރިޔާ ގުލްޒާރެވެ.

ނޮވެމްބަރު 15 ގައި ނެރޭ ސުބާޝް ބައޮގްރަފީ ލިޔެފައި ވަނީ އޭނާ އާއި ނޫސްވެރިޔާ ސުވީން ސިންހާއާ ގުޅިގެންނެވެ. 

ސުބާޝްގެ ބައޮގްރަފީގައި ފިލްމީ ކެރިއަރުގެ ވަރަށް ގިނަ ވާހަކަތަކާއި އަމިއްލަ ހަޔާތާ ބެހޭ މުހިއްމު ވާހަކަތަކެއް ހުންނާނެކަަމަށް އޭނާ ބުނެއެވެ. 

90ގެ ތެރޭގައި އިންޑީއާގައި އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ގުނާލެވުނު ޝުބާޝްގެ މާކިޔާބު ފިލްމުތަކުގެ ތެރޭގައި "ކާލީޗަރަން"، "ވިޝްވަނާތު"، "ކަރްޒު"، "ހީރޯ"، "ވިދާތާ"، "މޭރީ ޖަންގް"، "ކަރްމާ"، "ރާމް ލަކަން"، "ކަލްނަޔަކު" އަދި "ޕަރްދޭސް" ހިމެނެއެވެ.

ޝުބާސް އެންމެ ފަހުން ޑައިރެކްޓްކުރީ 2014 ގެ "ކާންޗީ: ދި އަންބްރޭކަބަލް" އެވެ. އޭރު އޭނށާގެ އުމަރަކީ 79 އަހަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް