ads
ޓެކްސް އެޕީލް ޓްރައިބިއުނަލް: މައްސަލަތައް ނުނިމި ލަސްވަނީ
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސް މަގާމުތަކަށް އާ މެންބަރުން އައްޔަންކޮށްފި
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ހަތަރު މަގާމަށް އާ މެންބަރުން އައްޔަންކުރުމަށް މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
Advertisement

މި މަގާމުތަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސް އޮފީހުން ފޮނުވި 13 ނަމުގެ ތެރެއިން ހަތަރު ނަމަކަށް މަޖިލީހުން ވަނީ ރުހުން ދީފަ އެވެ.

މަޖިލީހުން ރުހުން ދިން ހަތަރު ފަރާތަކީ އަބްދުލް ގަނީ މުހައްމަދު، އިބްރާހިމް ޝަރީފް، ހަސަން ޒުހޭރު އަދި ޝިފްޒާ އަބްދުލްގައްޔޫމް އެވެ. މި ހަތަރު ފަރާތަށްވެސް މަޖިލީހުގެ 68 މެންބަރުން ވަނީ އިއްތިފާގުން ވޯޓު ދީފަ އެވެ. އިންޓަވިއުގައި އެންމެ މަތިން މާކްސް ލިބިފައިވަނީ އަބްދުލް ގަނީ މުހައްމަދަށް ކަމަށްވާއިރު، އޭނާއަށް 93 ޕަސަންޓު މާކްސް ލިބިފައިވެ އެވެ.

މި މަގާމުތައް ހުސްވެފައިވަނީ މިދިޔަ އޮގަސްޓު މަހު ޓްރައިބިއުނަލްގެ ރައީސް އާއި ނައިބު ރައީސް ހިމެނޭ ގޮތަށް ހަތަރު މެންބަރަކު ވަކިކުރުމާ ގުޅިގެންނެވެ. އެ މެންބަރުން ވަކިކުރީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ހުށަހެޅުމަކާ ގުޅިގެން، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އެ މެންބަރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭތީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް