އެމެރިކާގެ އެއާޕޯސްގައި ކިޔެވުމުގެ ފުރުސަތު، އާއްމުކޮށް ވަނީ ހުޅުވާލާފައި
މުހައްމަދު އާދަމް އަހްމަދު
25 އޮކްޓޯބަރ 2024 - 14:17:51
އެމެރިކާގެ އެއާޕޯސްގައި ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ގައުމީ ސަލާމަތީ ބާރު (އެމްއެންޑީއެފް) އިން ހުޅުވާލައިފިއެވެ.
އެމްއެންޑީއެފުން ވަނީ އެމެރިކާއިން ތަމްރީނުތައް ހެދުމަށް ހަތަރު ދާއިރާއަކުން ފުރުސަތު އާއްމުކޮށް ހުޅުވާލާފައެވެ. އެމްއެންޑީއެފުން ބުނީ އަންނަ އަހަރުގެ ޖުލައި އެއްވަން ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ، ޒަވާޖީ ހަޔާތެއް ފަށާފައިނުވާ ކޮންމެ ޒުވާނަކަކަށްވެސް މި ކޯސްތަކަށް ކުރިމަތިލެވޭނެކަމަށެވެ.
ކޯސްތައް ހުޅުވާލި ދާއިރާތައް
- އެއަރފޯސް / ޔުނައިޓެޑް ސްޓޭޓްސް އެއާފޯސް އެކެޑަމީ / އެމެރިކާ
- ކޯސްޓްގާޑް / ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކެޑަމީ / އެމެރިކާ
- މިލިޓަރީ / ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ / އެމެރިކާ
- ނޭވީ / ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ / އެމެރިކާ
މި ހުރިހާ ދާއިރާއަކުންވެސް ހުޅުވާލާފަައިވަނީ ބެޗްލާސް ޑިގްރީގެ ކޯސްތަކެވެ. އަދި ކޮންމެ ދާއިރާއަކުންވެސް ހަ ޖާގަ އޮތްކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ކޯސްތަކަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ މަހުގެ 7 ވަނަދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށް ގައުމީ ސަލާމަތީ ބާރުން ބުނެއެވެ. އަދި ކޯސް އެޕްލިކޭޝަން ފޯމް އެމްއެންޑީއެފްގެ އިންޓްރާނެޓް ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް