ads
މާޒިޔާގެ ކުޅުންތެރިން ކުވައިތުގައި ޕްރީ މެޗު ޕްރެސްއަށް ފަހު
މާޒިޔާގެ ފުރަތަމަ މެޗު މާދަމާ
އޭއެފްސީން އަލަށް ފަށާ އޭއެފްސީ ޗެލެންޖް ލީގުގައި ވާދަކުރާ މާޒިޔާގެ ފުރަތަމަ މެޗު މާދަމާ ކުޅެން ތައްޔާރުވެއްޖެއެވެ.
Advertisement

ރާއްޖޭގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން މާޒިޔާ ކޮލިފައިވެފައިވާ އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާ ހިމެނެނީ ވަރުގަދަ ގްރޫޕެއްގަ އެވެ. މާޒިޔާގެ ގްރޫޕްގައި ހިމެނޭ ކުވެއިތުގެ އަލް އަރަބި އަކީ އެ ގައުމުގެ ޕްރިމިއާ ލީގުގެ ރަނަރަޕް އެވެ. އަކްރަޑަގް އަކީ ތުރުކުމެނިސްތާންގެ ލީގާއި ކަޕް ޗެމްޕިއަންކަން އެންމެ ފަހުން ހޯދި ޓީމެވެ. އަދި ޕްލޭއޮފް ބުރުން އައި ކިރްގިސްތާންގެ އަބްދީޝް އާޓާ އަކީ އެ ގައުމުގެ އެންމެ ފަހުން ދެ ފަހަރު ވެސް ލީގު ޗެމްޕިއަން ހޯދި ޓީމެވެ.

މާޒިޔާއިން ކުޅޭ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ކުޅޭނީ އަކްރަޑަގް ކިޔާ ކްލަބަކާއެވެ. އެއީ ތުރުކުމެނިސްތާންގެ ލީގާއި ކަޕް ޗެމްޕިއަންކަން އެންމެ ފަހުން ހޯދި ޓީމެވެ.

މާޒިޔާއިން މި މުބާރާތާ ކުރިމަތިލަނީ އެ ޓީމުގެ އާ ކޯޗު ޑްރަގަން ޑުކަނޯވިޗް ގެ އިރުޝާދުގެ ދަށުން ދޮޅު މަހެއްހާ ދުވަސް ޕްރެކްޓިސް ކުރުމަށް ފަހުއެވެ. އުމުރުން 54 އަހަރުގެ ޑުކަނޯވިޗްއަކީ ސާބިއާއަށް ނިސްބަތްވާ ކޯޗެކެވެ. މާޒިޔާގެ އާ ކޯޗަކީ، މާޒިޔާ އަށް އިރުޝާދު ދޭނެ ބިދޭސީ ހަ ވަނަ ކޯޗެވެ.

އޭއެފްސީ ޗެލެންޖް ލީގަކީ އޭއެފްސީގެ ތިން ވަނަ ފަންތީ ކްލަބް ފުޓްބޯޅަ މުބާރާތެވެ. ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ، އޮކްޓޫބަރު 26، އޮކްޓޫބަރު 29 އަދި ނޮވެމްބަރު 1 ގަ އެވެ. މާޒިޔާ ހިމެނޭ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ކުވެއިތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް