ads
ސަލްމާން ހާން އަދި މަލައިކާގެ އާއިލާ
މަލައިކާގެ ބައްޕަ ނިޔާވުމާ ގުޅިގެން ސަލްމާން ހާން ދެއްކި އިހުސާސްތެރިކަމަށް ތައުރީފު
މަލައިކާ އަރޯރާގެ ބައްޕަ ނިޔާވި ދުވަހު ސަލްމާން ހާން ދެއްކި އިހުސާސްތެރިކަމަށް ސީމާ ސަޖްދޭ ތައުރީފުކޮށްފިއެވެ.
Advertisement

ނިއުސް 18 އަށް ދިން އިންޓަވިއުއެއްގައި ސީމާ ބުނީ ސަލްމާންހާން އާއި އޭނާގެ އާއިލާއަކީ އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތެއްގައި އެހީތެރިވެދޭ ބައެއް ކަމަށެވެ. އަދި އެއީ އެ އާއިލާ އެހާ ހާއްސަވާ އެއް ސަބަބު ކަމަށް ވެސް އޭނާ ބުންޏެވެ. 

މަލައިކާގެ ބައްޕަ އަނިލް އަރޯރާ މަރުވީ މުންބާއީގައި ހުރި އިމާރާތެއްގެ ހަވަނަ ފަންގިފިލާއިން ފުންމައިލައިގެންނެވެ. އޭނާ މަރުވުމާއި ގުޅިގެން ސަލްމާން ހާން އާއި އާބާޒް ހާން ވަނީ މަލައިކާގެ އެކު ގިނަ ވަގުތު ހޭދަކޮށްފަ އެވެ. މަލައިކާ އާއި އާބާޒް ވަރިވެފައި ވަނީ 2017 ގައެވެ.

ސީމާ ބުނީ މަލައިކާގެ ބައްޕަ ނިޔާވުމާ ގުޅިގެން ސަލްމާން ހާން ދެއްކި އިހުސާން ތެރިކަމުން އޭނާ ވަރަށް ބޮޑަށް އުފާވި ކަމަށެވެ. އަދި ސަލްމާންގެ އާއިލާއަކީ އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތެއްގައި އެހީތެރިވެދޭ ބައެއް ކަމަށް ވެސް އޭނާ ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް