ads
ފީއެންސީއަށް 65،000 މެންބަރުން ހަމަވުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި މެންބަރު ސުޖާއު: ފޮޓޯ ޕީއެންސީ
ޕީއެންސީގެ މެމްބަރުންގެ އަދަދު 65،000 އަށް އިތުރުވެއްޖެ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިހާތަނަށް 65،000 އަށް ވުރެ ގިނަ މެމްބަރުން ހަމަކޮށްފި އެވެ.
Advertisement

މިއީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ކުރި މަސައްކަތުން ހޯދި ކާމިޔާބެއް ކަމަށް އެ ޕާޓީން ބުނެއެވެ. 

ޕާޓީގެ މެމްބަރޝިޕް އިތުރު ކުރުމަށް މިހާރު ދަނީ މާލެ އާއި އައްޑޫ ސިޓީ އަދި ބ. އަތޮޅުގައި ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. މި މަސައްކަތަކީ ޕާޓީގެ ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. 

ޕާޓީގެ އަމާޒަކީ މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 75،000 މެމްބަރުން ހަމަކުރުމެވެ. މި އަމާޒަށް ވާސިލުވުމަށް ކޮންމެ ހަފުތާއެއްގައި ވެސް ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި މެމްބަރޝިޕް އިތުރުކުރުމުގެ ހަރަކާތްތަކެއް ހިންގަން ވަނީ ރާވައިފަ އެވެ.

ކޮންމެ ހަފުތާއެއްގެ އެއް ދުވަހު ސިޓީތަކުގައި މި ހަރަކާތް ކުރިއަށް ގެންދަން އެ ޕާޓީން ވަނީ ރާވާފައެވެ. އަދި މި މަސައްކަތުގައި މަޖިލިސް މެންބަރުންނާއި ޕާޓީގެ ލީޑަރޝިޕް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންކަމަށް ވެސް އެ ޕާޓީން ބުނެއެވެ. 

ޕީއެންސީ އަކީ ވެރިކަމަށް އައުމުގެ ކުރިން މެމްބަރުން މަދު ޕާޓީއަކަށް ވީ ނަމަވެސް، މިހާރު އެއީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ސިޔާސީ ޕާޓީ އަށް ވެފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް