ބޮޑީ ބިލްޑުކޮށްގެން، ނަހްޔާން މި މަގާމު ހޯދާފައިވަނީ އެ ކެޓަގަރީގައި ވާދަކުރި ޝާހީން އިބްރާހީމް ދީދީއާ ވާދަކޮށްގެންނެވެ. މިއަހަރުގެ މިސްޓަ މޯލްޑިވްސްގައި އެންމެ ވާދަވެރި އިވެންޓުތަކުގެ ތެރެއިން އެތުލެޓިކް ފިޒީކްގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަބްދުﷲ އަހުސަނެވެ. އަދ ސްޕޯޓްސް ފިޒީކްގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަޒްނީން ރަޝާދެވެ. މިއީ އޭނާ މި މަގާމު ޖެހިޖެހިގެން ހޯދި ފަސްވަނަ އަހަރެވެ.
މިދިޔަ އަހަރު މި މަގާމު ހާސިލުކޮށްފައިވަނީ މުޙައްމަދު ޔާމީނެވެ. ނަމަވެސް މި އަހަރުގެ މުބާރާތުގައި އޭނާ ވާދައެއް ނުކުރެއެވެ.