ads
ގުރައިދޫގައި ހިންގި އޮޕަރޭޝަނުގައި ބިދޭސީއަކު ހައްޔަރުކުރަނީ
ގުރައިދޫން 39 މީހަކު ހައްޔަރުކޮށްފި، ނައިޖީރިއާ މީހެއްވެސް ހިމެނޭ
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލުމަށް އިމިގްރޭޝަނުން މާލެ އަތޮޅު ގުރައިދޫގައި ހިންގި ރެއިޑްގައި ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފިއެވެ. ގުރައިދޫން 39 މީހަކު ހައްޔަރުކޮށްފި، ނައިޖީރިއާ މީހެއްވެސް ހިމެނޭ
Advertisement

މީ ގަވައިދާ ހިލާފަށް އުޅޭ ބީދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގަމުން އަންނަ އޮޕަރޭޝަންތަކުން މާލެއިން ބޭރުގައި ހިންގި ފުރަތަމަ ރެއިޑްއެވެ. 

އިމިގްރޭޝަނުން ބުނީ މިދިޔަ ބުރާސްފަތު ދުވަހު ހެނަދުނު 10:30 އިން ހަވީރު 05:30 އަށް ހިންގި މި އޮޕަރޭޝަންގައި ގުރަދީގެ 42 ތަނެއް ބަލާ ފާސްކޮށް 106 ބިދޭސީަކު ބަލާ ޗެކްކޮށްފައިވާކަމަށެވެ. ގުރައަދީގައި ގަވައިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުން ދިޔަ 39 ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އޭގެތެރޭގައި ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް، އިންޑިއާ މީހުންގެ އިތުރުން ނައިޖީރިޔާ މީހަކު ހިމެނޭކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ. 

your imageގުރައިދޫގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން މާލެ ގެންނަނީ 

މީގެއިތުރުން ވިސާ ފުރިހަމަ ނޫން 11 މީހަކު އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާ ބިދޭސީންނަށް ވަޒީފާ ދިން ފަސް ދިވެއްސަކަށް ލިޔުމުން ނަސޭހަތް ދީފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. 

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް