ads
މާލެ މަގުމަތި
ސެކިއުރީޓީ ޕީޗާސް ހިމަނާ ޑޮމެއިން ނަމްބަރުތައް ވިއްކަން ފަށަނީ
އަންނަ މަހުން ފެށިގެން އަލުން ޑޮމެއިން ނަމްބަރުތައް ވިއްކަން ފަށަން ތައްޔާރުވަމުން އަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
Advertisement

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ޑޮމެއިން ނަމްބަރުތައް  ވިއްކަން ފަށުން ލަސްވަނީ ކުރިން ވިއްކާފައިވާ ޑޮމެެއިން ތަކުގެ ރިކޯޑްތައް ރަނގަޅަށް ބަލަހައްޓާފައި ނެތުމުންކަމަށެވެ. 

މިނިސްޓްރީން ބުނީ އަލުން ޑޮމެއިންގެ ހިދުމަތް ފަށާއިރު މިހާރު އަމަލު ކުރަމުން އަންނަ އުސޫލުތަކާއި ގަވާއިދުތައް އިސްލާހުކޮށްފައިވާކަމަށެވެ. އެގޮތުން ޑޮމެއިންނަށް ގަތުމުގައި ބޭނުންކުރާ ލިޔެކިޔުންތަކަކީ ސެކިއުރިޓީ ފީޗާސް އެކުލެވޭ ލިޔެކިޔުންތަކަކަށް ބަދަލުކޮށްފައިވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. 

މިނިސްޓްރީން ބުނީ އެ މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ އަންނަ މަހުން ފެށިގެން އަލުން ޑޮމެއިން ނަމްބަރުތައް އަލުން ވިއްކަން ފަށަންކަމަށެވެ. 

ބޮޑު އަގުގައި އަދި ނީލަމުގެ އުސޫލުން ވިއްކަމުން ދިޔަ ޑޮމެއިން ނަމްބަރުތައް ވިއްކުން ހުއްޓާލީ މިދިޔަ ސަރުކާރުގައި އޮގަސްޓް، 2023 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް