ރަސްގެފާނު ޗާލްސް ރާއްޖެ ވަޑައިގަތުމަށް ދައުވަަތު އެރުވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްއެވެ. މި ދައުވަަތު ދެއްވީ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންނަށް ރަސްގެފާނު ޗާލްސް ދެއްވި ފަރިއްކޮޅެއްގެ ތެރެއިންނެވެ.
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްގެފާނު ޗާލްސް ރާއްޖެ ވަޑައިގަތުމަށް ދައުވަތު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންކަމަށެވެ. އަދި ރަސްގެފާނޫ ޗާލްސްއާ ބައްދަލުކޮށްލަން ލިބުނު ފުރުސަތަކީ ޝަރަފެއްކަމަށްވެސް ނައިބު އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.
މިދިޔަ އަހަރު ދުބާއީގައި ބޭއްވި ކޮޕް-28ގެ ހަވާސާގައި ރައީސް މުއިއްޒުވެސް ވަނީ ރަސްގެފާނު ޗާލްސްއާ ބައްދަލު ކުރައްވައިފައެވެ.