ads
ބޭސް ފިހާރައަކުން މީހަކު ބޭސް ގަންނަނީ: ސަރުކާރުން ބައެއް ބޭސްތަކުގެ އަގު އަންނަ މަހުން ފެށިގެން ކޮންޓުރޯލު ކުރަނީ
ސަރުކާރުން ބައެއް ބޭސްތަކުގެ އަގު އަންނަ މަހުން ފެށިގެން ކޮންޓުރޯލު ކުރަނީ
އާސަންދަ ނިޒާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދޭ ނިޒާމަކަށް ހެދުމަށްޓަކައި ކުރާ މަސައްކަތުގެ ދަށުން، އެންމެ ގިނައިން ރާއްޖޭގައި ދޫކުރާ 250 ބޭހެއްގެ އަގު އަންނަ މަހުން ފެށިގެން ކޮންޓްރޯލް ވާނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިރޭ ބުނެފި އެވެ.
Advertisement

އެންސްޕާ އިން ނެރުނު ބަޔާނެއްގައި ބުނީ އާސަންދައިގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އެންމެ ގިނައިން ދޫކުރާ 250 ބޭހުގެ އަގަށް ބަދަލުގެނައުމަށް ނިންމާފައިވާ ކަމަށެވެ. 

އަދި މި ބަދަލު ގެންނާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި، އެގޮތުން އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 87 ބޭހެއްގެ އަގަށް ބަދަލުގެންނާނެ ކަމަށް ބުނެފައިވެ އެވެ. އަދި ނޮވެންބަރު 24 އިން ފެށިގެން އިތުރު 126 ބޭހެއްގެ އަގު ބަދަލުކުރާނެ ކަމުގައި އެންސްޕާއިން ބުންޏެވެ. 

އެ އެޖެންސީން ވަނީ ޝާއިއުކުރެވިފައިވާ ލިސްޓާ ޚިލާފަށް ޚިދުމަތްދޭ މަރުކަޒަކުން ބޭސް ދޫކުރާކަން ފާހަގަ ކުރެވިއްޖެނަމަ އެކަން "ޝިކާވަތި" ޗެޓްލައިން 7951400އަށް ރިޕޯޓް ކުރުމަށް އެދިފަ އެވެ.

ގައުމީ ސިއްހީ އިންޝުއަރެންސް ނިޒާމުކަމުގައިވާ އާސަންދައިން ކޮންމެ އަހަރަކު ވެސް އެންމެ ބޮޑު ޚަރަދެއް ކުރަނީ ބޭހަށެވެ. އެހެންކަމުން ބޭހަށް ކުރާ ހަރަދު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. އާސަންދައަށް މަޖިލީހުން ފާސްކުރާ ބަޖެޓަށް ވުރެ ބޮޑު ހޭދައެއް ކޮންމެ އަހަރަކު އާސަންދައަށް ކުރަންޖެހި އެ ނިޒާމުވަނީ ދައުލަތަށް ބޮޑު ބުރައަކަށް ވެފައެވެ.

މި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ހިލޭ ބޭސް ލިބުމުގެ އިންތިޒާމަށް ބަދަލެއް ނާންނާނެ އެވެ. އަދި އެ ބޭސް ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ކޮންމެވެސް އެއް ބްރޭންޑެއް އަބަދުވެސް އެސްޓީއޯ ބޭސްފިހާރަތަކުން ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އެންސްޕާއިން ދީފައިވެ އެވެ. އަދި އެ ބޭސްތައް ވިއްކުމަށް ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފާމަސީތަކުންވެސް ހިލޭ ބޭސް ލިބޭނެ އެވެ. 

"މިއީ، ބަލްކް ޕްރޯކިއުމަންޓް ގެ ސިޔާސަތު ބަދަލުވުމެއް ނޫން. ބަލްކް ޕްރޮކިއުމަންޓް ކުރިންވެސް އިއުލާންކޮށްފައިވާ ގޮތަށް ކުރިޔަށް ދާނެ. މިއީ އެކަން ފުރިހަމަ ވަންދެންވެސް ހިނގަމުންދަ ބޮޑު އިސްރާފު ހުއްޓުވުމުގެ ފިޔަވަޅެއް،" އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި އެވެ.

ހީނާ ވަލީދު ވިދާޅުވެފައިވަނީ މި ބަދަލަކީ ކުރީ ސަރުކާރުތަކުން އެކި ތާރީހުތަކުގައި ތަންފީޒުކުރަން ފަށަން އިއުލާނުކޮށް ތަންފީޒުނުކުރެވި އޮތް ބަދަލެއް ކަމަށެވެ. 

އަދި މިފިޔަވަޅަކީ ބަލްކް ޕްރޮކިއުމެންޓު ސިޔާސަތު ހުއްޓައިލުން ނޫންކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ މި ފިޔަވަޅުގެ ބޭނުމަކީ ބަލްކް ޕްރޮކިއުމެންޓު ސިޔާސަތު ފުރިހަމައަށް ތަންފީޒުކުރެވެންދެންވެސް އާސަންދައިގެ ހަރަދުތައް ކުޑަކުރުން ކަމަށެވެ.

ބޭހުގެ އަގު ކޮންޓްރޯލް ކުރުމަކީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން އެންސްޕާ އިން ކުރަމުން އަންނަ ކަމެކެވެ. މިދިޔަ ސެޕްޓެމްބަރު މަހު އެ މަނިކުފާނު ވަނީ ރާއްޖޭގައި އާދަޔާ ހިލާފު ބޮޑު ފައިދާއެއް ލައިގެން ބޭސް ވިއްކުމުގެ މައްސަލަ ހައްލުކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒު ނުވެ އޮތް އޮތުން ނިމުމަކަށް ގެނެސް، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް