ads
މާފުށި ޖަލު
ޖަލުތަކުން ކުރާ ސްކޭމް ކޯލްތައް ހުއްޓުވަން ފުލް ބޮޑީ ސްކޭން މެޝިން ގެންނަނީ
ޖަލުތަކުން ކުރާ ސްކޭމް ކޯލްތައް ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ ގޮތުން ޖަލު އޮފިސަރުން ސްކޭން ކުރުމަށް ފުލް ބޮޑީ ސްކޭން މެޝިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އިހްސާން ވިދާޅުވީ މިހާރު ވަގުތީ ގޮތުން މެޓަލް ޑިޓެކްޓަރު ބޭނުން ކުރަމުންދާ ކަމަށާއި، ނަމަވެސް މިއީ ދާއިމީ ހައްލެއް ނޫން ކަމަށެވެ. އަދި ޖަލުތަކުގައި ޖިއޯ ފެންސިން ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލުގައި ތިބޭ ގައިދީންނަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގެ ތުހުމަތުގައި 19 އޮފިސަރެއް ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސިފައިންނާއި ފުލުހުން އަދި ޖަލު އޮފިސަރުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ފޯނު އަތުލައިގަނެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ އޮޕަރޭޝަނަށް ފަހު ޖަލުތަކުން ކުރާ ސްކޭމް ކޯލްތައް ވަރަށް ބޮޑުތަނުން މަދުވެފައިވޭ. އެކަމަކު އަދިވެސް 100 ޕަސަންޓް ހައްލެއް ނުވޭ. އެހެންވެ އިތުރު ފިޔަވަޅުތައް އަޅަމުން މި ގެންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް