ads
ބެލަންޑިއޯ އެވޯޑް
ބެލަންޑިއޯ އެވޯޑް މިރޭ، ކާކަށް ލިބޭނީ؟
ނިމުނު ފުޓްބޯޅަ ސީޒަންގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދެވޭ ބެލަންޑިއޯ އެވޯޑް ދިނުން ފްރާންސްގެ ޕެރިހުގައި މިރޭ އޮންނާނެއެވެ.
Advertisement

ބެލަންޑިއޯ އެވޯޑް ރަސްމިއްޔާތު ފެށޭނީ ރާއްޖޭ ގަޑިން މިރޭ 12 ޖަހާއިރުއެވެ. ބެލަންޑިއޯ އެވޯޑް މި ފަހަރު ހޯދާނީ ކޮން ކުޅުންތެރިއެއް ހެއްޔެވެ؟ 

ފްރާންސް ފުޓްބޯލް އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑްގެ ނޮމިނީސް މިދިޔަ މަހު އިއުލާނުކުރިއިރު، 21 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ނޮމިނީސް ލިސްޓުން މި ފަހަރުވަނީ ފުރުސަތު ގެއްލިފައެވެ.

މެސީ ވަނީ އަށް ފަހަރު ބެލޮންޑިއޯ ކާމިޔާބުކޮށްފަ އެވެ. އަދި ރޮނާލްޑޯ ވަނީ ފަސް ފަހަރު ބެލޮންޑިއޯ ހޯދައިފަ އެވެ. ފީފާ އާއި ބެލޮންޑިއޯ އެވޯޑް އެއްކޮށްލައިގެންދިންއިރު އަދި ވަކިން ދިންއިރު ވެސް މި ދެ ކުޅުންތެރިން މި އެވޯޑް ހޯދައިފައިވެ އެވެ.

މި ފަހަރުގެ ބެލޮންޑިއޯ އެވޯޑްސްގެ ގަދަ 30:

ޖޫޑް ބެލިންހަމް (އިންގްލެންޑް/ރެއާލް މެޑްރިޑް)

ރުބެން ޑިއާޒް (ޕޯޗުގަލް/މެންޗެސްޓާ ސިޓީ)

ފިލް ފޯޑެން (އިންގްލެންޑް/ މެންޗެސްޓާ ސިޓީ)

ފެޑެރީކޯ ވަލްވޭޑޭ (އުރުގުއޭ/ރެއާލް މެޑްރިޑް)

އެމިލިއާނޯ މާޓިނޭޒް (އާޖެންޓީނާ/ އެސްޓަން ވިލާ)

އާލިން ހާލަންޑް (ނޯވޭ/މެންޗެސްޓާ ސިޓީ)

ނިކޯ ވިލިއަމްސް (ސްޕެއިން/އެތުލެޓިކް ބިލްބާއޯ)

ގްރޭނިޓް ޝަކާ (ސްވިޒަލެންޑް/ ބަޔާ ލެވަކޫސަން)

އާޓެން ޑޮވްބީކް (ޔޫކްރެއިން/ ރޯމާ-ޖިރޯނާ)

ޓޯނީ ކްރޫސް (ޖަރުމަނު/ ރެއާލް މެޑްރިޑް)

ވިނީޝިއުސް ޖޫނިއާ (ބްރެޒިލް/ ރެއާލް މެޑްރިޑް)

ޑަނީ އޮލްމޯ (ސްޕެއިން/ ލައިޕްޒިގު-ބާސެލޯނާ)

ފްލޯރިއަން ވާޓްޒް (ޖަރުމަނު/ ބަޔާ ލެވަކޫސަން)

މާޓިން އޮޑެގާޑް (ނޯވޭ/ އާސެނަލް)

މެޓް ހަމެލްސް (ޖަރުމަނު/ ބޮރޫޝިއާ ޑޯޓްމަންޑް)

ރޮޑްރީ (ސްޕެއިން/ މެންޗެސްޓާ ސިޓީ)

ހެރީ ކޭން (އިންގްލެންޑް/ ބަޔާން މިއުނިކް)

ޑެކްލަން ރައިސް (އިންްގްލެންޑް/ އާސެނަލް)

ވިޓީނިއާ (ޕޯޗުގަލް/ ޕީއެސްޖީ)

ކޯލް ޕާމާ (އިންގްލެންޑް/ ޗެލްސީ)

ޑަނީ ކާވަހާލް (ސްޕެއިން/ ރެއާލް މެޑްރިޑް)

ލަމީން ޔަމާލް (ސްޕެއިން/ ބާސެލޯނާ)

ބުކާޔޯ ސަކާ (އިންގްލެންޑް/ އާސެނަލް)

ހަކަން ޗަނޮނޮގްލޫ (ތުރުކީ/ އިންޓަ މިލާން)

ވިލިއަން ސަލީބާ (ފްރާންސް/ އާސެނަލް)

ކީލިއަން އެމްބާޕޭ (ފްރާންސް/ ޕީއެސްޖީ-ރެއާލް މެޑްރިޑް)

ލައުޓާރޯ މާޓީނޭޒް (އާޖެންޓީނާ/ އިންޓަ މިލާން)

އަޑެމޯލާ ލުކްމަން (ނައިޖީރިއާ/ އެޓަލަންޓާ)

އެންޓޯނިއޯ ރޫޑިގާ (ޖަރުމަނު/ ރެއާލް މެޑްރިޑް)

އަލެހަންޑްރޯ ގްރިމާލްޑޯ (ސްޕެއިން/ ބަޔާ ލެވަކޫސަން)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް