ބެލަންޑިއޯ ހަފްލާގައި އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ކޯޗު، އަދި އެންމެ މޮޅު ކްލަބު ފަދަ ފުޓްބޯޅައިގެ ވަނަތައް ހޮވައެވެ. ރިޕޯޓްތައް ބުނާ ގޮތުން ރޭ ފްރާންސްގައި އޮތް ބެލަންޑިއޯ އެވޯޑް ހަފްލާއަށް ރިއާލްގެ އެއްވެސް ކުޅުންތެރިޔަކުވެސް އޮފިޝަލަކުވެސް ނުދެއެވެ.
ރިއާލުން އެވޯޑް ހަފްލާ ބޮއިކޮޓް ކުރިނަމަވެސް އެންމެ މޮޅު ކޯޗު، އަދި އެންމެ މޮޅު ކްލަބުގެ މަގާމު ލިބުނީ ރިއާލްއަށެވެ. މީގެ އިތުރުން އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގެ 10 ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިންނަކީ ރިއާލްގެ ކުޅުންތެރިންނެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރިއާލުން މި ހަފްލާ ބޮއިކޮޓް ކުރީ، އެންމެ މޮޅު ކުޅުންތެރިޔަކަށް މެންޗެސްޓަރ ސިޓީގެ ރޮޑްރީ ހޮވޭނެކަން ކުރިން އެނގިފައި އޮތުމުންނެވެ. އުމުރުން 28 އަހަރުގެ ރޮޑްރީއަށް މިއީ ރޮޑްރީއަށް ބެލޮންޑިއޯގެ ޝަރަފުވެރި އެވޯޑު ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ. ރޮޑްރީއާ އެންމެ ގާތުން މި އެވޯޑަށް ވާދަކުރީ ރިއާލްގެ ވިނީޝަސް ޖޫނިއާއެވެ.
ފިރިހެން ބެލޮންޑިއޯ ރޭންކިންގެ ގަދަ 10