ޗެލެންޖް ލީގުގައި މާޒިޔާ ކުޅޭ ދެ ވަނަ މެޗުގައި މިރޭ އެ ޓީމު ނުކުންނާނީ އަލް އަރާބީއާ ދެކޮޅަށެވެ. މި ދެ ޓީމަކީވެސް ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެފައިވާ ދެ ޓީމެވެ. އެހެންކަމުން މުބާރާތުގައި ކުރިއަށް ދިޔުމަށް ދެ ޓީމަށްވެސް މިރޭގެ މެޗު މުހިއްމެވެ.
މި މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ ރޭގަނޑު 11:30 ގައެވެ.
މާޒިޔާ، އެ ޓީމުގެ ފުރަތަމަ މެޗުގައި ބަލިވީ، ތުރުކުމެނިސްތާން ޗެމްޕިއަން، އަކްރަޑަގް އަތުންނެވެ. މި މެޗުން މާޒިޔާ ދެ ލަނޑު އެއް ލަނޑުން ބަލިވީ، ދެ ލަނޑު އެއް ލަނޑުންނެވެ. މާޒިޔާ އިން ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ ޖޮނަތަން ކަންޓިއާނާއެވެ.
މާޒިޔާއާ ދެކޮޅަށް މިރޭ ކުޅޭ ޓީމު ބަލިވީ ކިރްގިސްތާންގެ ލީގު ޗެމްޕިއަން އަބްދީޝް އާޓާ އަތުންނެވެ.