މިދަނީ 90ގެ އަހަރުތަކަށް ރުޖޫއަވާން: މީކާއިލް
ގުފްތަގް އަޖީރު
29 އޮކްޓޯބަރ 2024 - 11:26:06
މިހާރު ކަންކަން ކުރިއަށްދަނީ 90 ގެ އަހަރުތަކުގެ ކޮރަޕްޝަނުގެ ޒަމާނަށް އަނބުރާ ދާ މަގުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް މުހައްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުން މީކާއިލް މި ފާޑުކިޔުން އަމާޒުކުރެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ހުށަހަޅާފައިވާ އިސްލާހަށެވެ. އޭނާ ވިދާޅުވީ މިއީ އިސްލާހެއް ވެސް ނޫން ކަމަށާއި ފަހަތަށް އެޅޭ ފިޔަވަޅަކަށް އިސްލާހެކޭ ނުކިޔޭނެ ކަމަށެވެ.
"2024 ވަނަ އަހަރު، 20 ވަނަ މަޖިލީހުގައި 90 ގެ އަހަރުތަކުގައި ހުށަހެޅޭ ފަދަ ބިލުތައް ހުށަހެޅުމަކީ ލަދުވެތި ކަމެއް،" މީކާއިލް ވިދާޅުވި އެވެ.
އެހެން ނަމަވެސް، ސަރުކާރަށް ތާއީދުކުރާ މެންބަރުން މި އިސްލާހު ސިފަކުރައްވަމުން ގެންދަވަނީ ހެޔޮ ނިޔަތުގައި ގެނެވޭ ރަނގަޅު ބަދަލެއްގެ ގޮތުގައެވެ. މި އިސްލާހާ މެދު މަޖިލީހުގައި ދެކޮޅަށް ވެސް ބަހުސް ކުރަމުންދާއިރު، ސަރުކާރުގެ މެންބަރުން އަންނަނީ ސަރުކާރުގެ ސްޑޭންޑް ދިފާއުކުރަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް