ads
މާޒިޔާ - އަކްރަޑަގް ކުޅުނު މެޗުގެ ތެރެއިން
މާޒިޔާ ގްރޫޕުގެ ދެވަނަ މެޗުންވެސް އަކްރަޑަގް މޮޅުވެއްޖެ
އޭއެފްސީ ޗެލެންޖް ލީގުގައި، ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާ އެއް ގްރޫޕެއްގައި ހިމެނޭ، ތުރުކުމެނިސްތާން ޗެމްޕިއަން، އަކްރަޑަގް އެ ޓީމުގެ ދެވަނަ މެޗުންވެސް މޮޅުވެއްޖެއެވެ.
Advertisement

ތުރުކުމެނިސްތާން ޗެމްޕިއަން، އަކްރަޑަގް އެ ޓީމުގެ ދެވަނަ މެޗުގައި މިރޭ މޮޅުވީ ކިރްގިސްތާންގެ ލީގު ޗެމްޕިއަން އަބްދީޝް އާޓާ އަތުންނެވެ. މާޒިޔާ އަތުން ފުރަތަމަ މެޗުގައި މޮޅުވި އަކްރަޑަގް މިރޭ މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. މާޒިޔާ އަތުން އެ ޓީމު މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. 

ދެ މެޗުން މޮޅުވެ، އެ ޓީމު އެއްވަނައިގަ އޮތީ ހަ ޕޮއިންޓާއެކުއެވެ. ހަ ޕޮއިންޓާއެކު އެ ޓީމުންވަނީ ކުއާޓާގެ ފުރުސަތު ފަހިކޮށްފައެވެ. ޗެލެންޖް ލީގުގެ ވެސްޓް ޒޯނުގެ ތިން ގްރޫޕުން އެއް ވަނަ އަށް ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުވާއިރު، ދެން ކުއާޓާ އަށް ދާނީ، ތިން ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމެވެ.

މާޒިޔާއިން މިރޭ އެ ޓީމުގެ ދެވަނަ މެޗަށް ނުކުންނާނެއެވެ. ފުރަތަމަ މެޗު ގެއްލިފައިވާތީ، މުބާރާތުގައި ކުރިއަށް ދިޔުމަށް މިރޭ މާޒިޔާއިން މަދުވެގެން ޕޮއިންޓެއް ހޯދުން މަޖުބޫރެވެ. ޗެލެންޖް ލީގުގައި މާޒިޔާ ކުޅޭ ދެ ވަނަ މެޗުގައި މިރޭ އެ ޓީމު ނުކުންނާނީ އަލް އަރާބީއާ ދެކޮޅަށެވެ. މި ދެ ޓީމަކީވެސް ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެފައިވާ ދެ ޓީމެވެ. އެހެންކަމުން މުބާރާތުގައި ކުރިއަށް ދިޔުމަށް ދެ ޓީމަށްވެސް މިރޭގެ މެޗު މުހިއްމެވެ.

އޭއެފްސީ ޗެލެންޖް ލީގުގެ ދެ ވަނަ މެޗުގައި ކުވައިތުގެ އަލް އަރާބިއާ ކްލަބާ ދެކޮޅަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނުކުންނައިރު، އެ ޓީމުގެ ބަލިފައިތައް އެނގޭ ކަމަށް މާޒިޔާގެ ކޯޗު ޑްރަގަން ޑުކަނޯވިޗްވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް