ads
ރިއަލް މެޑްރިޑްގެ ކުޅުންތެރިން
އިހްތިރާމް ނުކުރާ ތަނަކަށް ރިއާލް މެޑްރިޑް ނުދާނެ
ރިއަލް މެޑްރިޑަށް ޔުއެފާއިން އިހްތިރާމް ނުކުރާ ކަމަށާއި، އިހްތިރާމް ނުކުރާ ތަނަކަށް އެ ކްލަބުން ނުދާނެ ކަމަށް ކްލަބާ ހަވާލާދީ ރިޕޯޓްތައް ބުނެފިއެވެ.
Advertisement

ރޭ ފްރާންސްގެ ޕެރިހުގައި އޮތް، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދެވޭ ބެލަންޑިއޯ އެވޯޑް ހަފްލާ، ރިއާލް އިން ބޮއިކޮޓް ކުރި ސަބަބާ ގުޅޭ ގޮތުން އެ ކްލަބުގެ އޮފިޝަލުންނާ ހަވާލާދީ، ރިޕޯޓްތައް ބުނާ ގޮތުން އެ ކްލަބުން އިވެންޓް ބޮއިކޮޓް ކުރީ، ޔުއެފާއިން އެ ކްލަބަށް އިހްތިރާމް ނުކުރުމުންނެވެ. އަހަރުގެ އެންމެ މޮޅު ކްލަބުގެ މަގާމު ރިއާލްއަށް އަދި އެންމެ މޮޅު ކޯޗުގެ މަގާމު ރިއާލްއަށް ލިބުން ނަމަވަސް އެ ކްލަބަށް މައްސަލައަކަށްވީ އެންމެ މޮޅު ކުޅުންތެރިޔާ ހޮވިގޮތެވެ.

އެންމެ މޮޅު ކުޅުންތެރިއަކަށް ސްޕެއިން އަދި މެންޗެސްޓަރ ސިޓީގެ ރޮޑްރީ ހޮވުނުއިރު، ރިއާލް އިން ގަބޫލް ކުރާ ގޮތުގައި އެ މަގާމް ލިބެން ޖެހޭނީ އެ ކްލަބުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއާއަށެވެ. ވިނީޝިއަސްއަށް ނުލިބޭނަމަ، ދެން އެވޯޑް ލިބެން ޖެހޭނީ ރިއާލްގެ ކަރްވަހާލްއަށް ކަމަށް އެ ކްލަބުން ދެކެއެވެ.

އިވެންޓް ބޮއިކޮޓް ކުރި މައްސަލައިގައި ރިއާލުން ރަސްމީކޮށް ވާހަކަ ނުދައްކައެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން، އެވޯޑް ލިބޭ ކުޅުންތެރިން ކުރިން އޮތީ ލީކުވެފައެވެ. ރިއާލުން އިވެންޓް ބޮއިކޮޓް ކުރީވެސް އެހެންވެއެވެ. އެކަމަކު ބެލަންޑިއޯ އިންތިޒާމް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިވެންޓްގެ ކުރިން އެއްވެސް ބަޔަކަށް އެވޯޑްތައް ލިބޭނެ ކުޅުންތެރިންނެއް ނޭގޭނެއެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް