ads
ރައީސް މުިއްޒުގެ ފުރަތަމަ ކެބިނެޓް ބައްދަލުވުން
ޗާގޯސް މައްސަލަ: ކެބިނެޓަށް ހުށަހަޅަން ތައްޔާކުރި ރިޕޯޓު މަޑުޖެހިއްޖެ
ދެކުނު ކަނޑުގެ މައްސަލައިގައި ބޭރުގެ ތަޖުރިބާކާރުން ތައްޔާރުކުރި ރިޕޯޓު ކެބިނެޓަށް ހުށަހެޅުން މަޑުޖައްސާލަން ޖެހިއްޖެ އެވެ.
Advertisement

މަޑު ޖައްސާލަން ޖެހުނީ އިނގިރޭސިވިލާތުން ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ނިންމި ނިންމުމާ ގުޅިގެންނެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި މި ވަގުތު އިތުރު ތަޖުރިބާކާރުންގެ ލަފާ ހޯދަން ޖެހިފައިވާ ކަމަށާއި އެ މަސައްކަތް ނިމޭނެ ވަކި މުއްދަތެއް ކަނޑައެޅެން ނެތް ކަމަށެވެ. އެއީ އެހެން ފަރާތްތަކަށް ބަރޯސާވާން ޖެހޭ މަސައްކަތަކަށް ވާތީ އެވެ.

ކުރިން އިޓްލޮސްއިން ނިންމާފައިވަނީ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ. އެ ނިންމުމާ ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގެ ދެކުނުން އިން ވަކިކޮށް، ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދު ވަނީ ރަސްމީކޮށް ކަނޑައަޅާފައެވެ.

އުޝާމް ވިދާޅުވީ އިނގިރޭސިވިލާތުން މި ނިންމި ނިންމުމަކީ ސަރުކާރުގެ ސްޓްރެޓެޖީ ބަދަލުކުރަން ޖެހޭ ފަދަ ނިންމުމެކެވެ. އަދި މި މައްސަލައިގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެކުނު ކަނޑުގެ މައްސަލައަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ހިމެނޭ ކަމެކެވެ. އެ ސަރަހައްދުން ގެއްލުނު ކަމަށް ބެލެވޭ ބައި އަނބުރާ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް