މި ފަހަރުގެ ބެލަންޑިއޯ، ގިނަ ބަޔަކު ހީކުރި ގޮތަށް ރިއާލްގެ ވިނީޝިއަސް ޖޫނިއާއަށް ނުލިބުމުން ބޮޑެތި ފާޑު ކިޔުންތަކެއްވަނީ އަމާޒުވެފައެވެ. އެކަމާ ގުޅިގެން ޕެޕް ގާޑިއޯލާ ބުނީ، ރޮޑްރީ އަކީ ބެލޮންޑިއޯ އެވޯޑް ހައްގު ކުޅުންތެރިއެއް ކަމަށެވެ.
އޭނާ ބުނި ގޮތުގައި ވިނީޝިއަސް އަކީވެސް ބެލަންޑިއޯ ލިބޭ ފެންވަރުގެ ކުޅުންތެރިއެކެވެ. އެކަމަކު އެވޯޑު ލިބުމަކީ "ވަރަށް ފާޑެއްގެ ކަމެއް" ކަމަށް ގާޑިއޯލާ ބުންޏެވެ. ގާޑިއޯލާ ބުނީ އެ އެވޯޑަކީ ވޯޓުލައިގެން ހޮވާ އެވޯޑަކަށްވެސް ވުމުން އެއީ ފާޑެއްގެ ކަމެއް ކަމަށެވެ.
ފުޓްބޯޅައިގެ ގިނަ ބަޔަކު އަންނަނީ، މިފަހަރުގެ މޮޅު ކުޅުންތެރިޔާއަކީ ވިނީޝަސް ކަމަށް ބުނަމުންނެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގަިއ އެ އެވޯޑް ލިބުނު ސްޕެއިންގެ ރޮޑްރީއަކަށް އެ އެވޯޑް ހައްގެއް ނޫނެވެ.