ads
ފާތިމަތު ޝަނާ މުހައްމަދު
މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިއަކަށް ޝަނާ
މޯލްޑިވްސް މީޑިއާ ކައުންސިލުން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު "މިހާރު" ނޫހުގެ ފާތިމަތު ޝަނާ މުހައްމަދު ހާސިލުކޮށްފި އެވެ.
Advertisement

އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް މިރޭ ހާސިލްކުރި ޝަނާ ނޫސްވެރިކަމުގެ ދާއިރާއާ ގުޅުނީ 2012 ވަނަ އަހަރުގައެވެ. ޝަނާ ހާއްސަވަނީ ވިޔަފާރީގެ ދާއިރާއާއި އިގުތިސާދީ ދާއިރާ ކަވަރު ކުރަމުން އަންނަ ނޫސްވެރިއެެއްގެ ގޮތުގައެވެ. އޭނާ ވަނީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާއާއި އިގުތީސާދީ ދާއިރާއާ ގުޅޭ ގިނަ ލިޔުންތަކެއް ލިޔެފަ އެވެ.

އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރުފުވެރި މެހެމާނު، ނައިބު ރައީސް، އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް އެވެ.

މީގެ އިތުރުން ވެސް މިރޭ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ގިނަ އެވޯޑްތަކެއް ދީފަ އެވެ.

މިފަހަރު ނޫސްވެރިކަމުގެ އިނާމު ލިބުނު އެހެން ނޫސްވެރިން

އުންމީދީ ނޫސްވެރިޔާ – މުހައްމަދު ޔާމީން (ނުކުތާ)
ފޮޓޯ ޖާނަލިޒަމް – ފަޔާޒު މޫސާ (މިހާރު)
ފީޗާ – މުހައްމަދު މުޒައްޔިން ނާޒިމް (ދައުރު)
ކުޅިވަރު – އައްޒާމު އަލީފުޅު (އަދަދު)
ވިޔަފާރިއާއި އިގުތިސޯދު – ފާތިމަތު ޝަނާ މުހައްމަދު (މިހާރު)
ތަހުގީގީ ނޫސްވެރިކަން – އަހުމަދު އާއިދު (އަދަދު)، އަހުމަދު ނާއިފް (ދައުރު)
ސިޔާސީ – ހަސަން މުހައްމަދު (އަދަދު)

މިރޭގެ ހަފްލާގައި ދިގު މުއްދަތަކަށް ނޫސްވެރިކަން ކޮށްފައިވާ މީހުންގެ އަގު ވަޒަންކުރުމުގެ ގޮތުން ވެސް އެވޯޑް ދީފައިވެ އެވެ. "ހަޔާތީ އަރުތަ" ގެ ނަމުގައި އެ އެވޯޑް ދީފައި ވަނީ "ދައުރު"ގެ އެޑިޓަރު މޫސާ ލަތީފު އަދި "އާފަތިސް" ނޫހުގެ ކުރީގެ އެޑިޓަރު އަހުމަދު ޒާހިރު (ފެއަރީ ޒާހިރު) އެވެ. 

މީގެ އިތުރުން ނޫސްވެރިން ބިނާކުރުމުގެ ކެޓަގަރީން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އަށް އެވޯޑު ދީފައިވެ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުތަކަކީ ނޫސްވެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން 2014 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ދެމުންދާ އެވޯޑުތަކަކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް