އެސްޓީއޯގެ އާމްދަނީ 3.6 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެ
ގުފްތަގް އަޖީރު
31 އޮކްޓޯބަރ 2024 - 09:53:01
ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯގެ އާމްދަނީ ވަނީ 3.6 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު ތިން ޕަސަންޓުގެ ކުރިއެރުމެކެވެ.
އެސްޓީއޯގެ ތިން ވަނަ ކުއާޓަރގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، ކުންފުނީގެ ވިޔަފާރިތައް ރަނގަޅުވުމާ ގުޅިގެން ޖުމުލަ ފައިދާގެ ގޮތުގައި 592 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 15 ޕަސަންޓުގެ ކުރިއެރުމެކެވެ.
ކުންފުނީގެ ހަރަދުތައް އިތުރުވި ނަމަވެސް، ހިންގުމުގެ ފައިދާގެ ގޮތުގައި 251 މިލިއަން ރުފިޔާ ލިބުނު ކަމަށް އެސްޓީއޯއިން ބުނެ އެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 23 ޕަސަންޓުގެ ކުރިއެރުމެކެވެ.
ޓެކުހަށް ކެނޑުމުގެ ކުރިން މި ކުއާޓަރގެ ސާފު ފައިދާއަކީ 198 މިލިއަން ރުފިޔާ އެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 156 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ މި ކުންފުނީގެ ވިޔަފާރިތައް ރަނގަޅުވެ، ފައިދާ އިތުރުވަމުން އަންނަ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް