ads
އާސަންދަ
މީގެ ފަހުން އާސަންދަ އަށް ކަނޑާނީ ފްރައިވެޓް އިންޝިއުރަންސް އަށް ކެނޑުމަށްފަހު
ބިލްކުރާއިރު އަމިއްލަ އިންޝުއަރެންސްއަށް އިސްކަން ދޭގޮތަށް އާސަންދަ ނިޒާމު ބަދަލުކޮށްފިކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ،
Advertisement

ރައްޔިތުންނަށް ރަނގަޅު  ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހިންގޭ އިޖުތިމާއީ ސިއްހީ އިންޝޫރަންސްގެ ގައުމީ ނިޒާމް "އާސަންދަ" ސްކީމްއަކީ ދެމެހެއްތެނެވި ގޮތެއްގަިއ ފެންވަރު ރަނަގަޅ ހިދުމަތްތަކެއް ފޯރުކޮށްދެވޭ ނިޒާމަކަށް ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެންސްޕާއިން ބުނެއެވެ.

އެ މަގްސަދު  ހާސިލްކުރުމަށޓަކައި ގެނައުމަށް ހަަމަޖެހިފައިވާ ބަދަލުތަކުގެ ތެރެއިން ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެެއިން ޕްރައިވެޓް އިންޝޫރަންސް އޮންނަ ފަރާތްތަކުން ހޯދާ ހިދުމަތްތަަކަށް ބިލްކުރުމުގައި ޕްރައިވެޓް އިންޝުއަރަންސަށް އިސްކަންދިނުމަށް ހަމަޖެއްސުން ހިމެނޭކަމަށް އެންސްޕާއިން ބުނެއެވެ.

އެކަންކަން ކުރިއަށް ދާނީ ރައްޔިތުންނަށް ލުއިފަސޭހަ އަދި ދެފުށްފެންނަފަދަ އުސޫލަކުންކަމަށް އެންސްޕާއިން ބުނެއެވެ. އަދި އެކަން ކަށަވަރުކުރުމަށްޓަކައި ، އެ ފިޔަވަޅު ތަންފީޒްކުރުމަށް ހަަމޖެހިފައިވަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން "އައުޓް ޕޭޝަންޓް" އަދި "އިންޕޭޝަންޓް"ގެ ހިދުމަަތްތައް ވަކިން  ކަމަށް އެންސްޕާއިން ފާހަގަކުރެއެވެ.

"1 ނޮވެމްބަރުން ފެށިގެން، ފުރަތަމަ ފިޔަވަހީގައި މިގެނެވުނު ބަދަލާއި ގުޅިގެން "އައުޓް-ޕޭޝަންޓް" ގެ ހިދުމަތްތައް ހޯއްދަވާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރަންސް އޮންނަ ފަރާތެއްނަމަ، ފުރަތަމަ ބިލްކުރާނީ ޕްރައިވެޓް އިންޝުއަރަންސަށް" އެންސްޕާއިން ބުނެއެވެ.

އޭގެ އިތުރުން އިންސުއަރަންސްގެ ޕެކޭޖްތަކުގެ ލިމިޓް ހަމަވުމުން ނުވަތަ އިންޝުއަރަންސް އިން އެ ހިދުމަތެއް ކަވަރު ނުކުރާނަމަ، މިހާރެކޭވެސް އެއްގޮތަށް އާސަންދަ ސްކީމުން އެހިދުމަތަކަށް ކަވަރޭޖް ލިބޭނެ ކަަމަށް އެންސްޕާއިން ބުނެއެވެ.

ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ހިދުމަތްދޭ މަރުކަޒުތަކުން އަމަލުކުރާކަން ފާހަގަކުރެވި، ގެނެވުނު ބަދަލާއި ގުޅިގެން ޝަކުވާއެއް ހުށައެޅުވުމަށް ބޭނުންނަމަ އާސަންދަ "ޝިކާވަތި ޗެޓްލައިން"، 7951400 އަށް ރިޕޯޓްކުރެއްވޭނެ ކަަމަށް އެންސްޕާއިން ބުނެއެވެ.

ކަމާ ގުލޭ އިތުރު މައުލޫމާތު ހޯދުަމށް އާސަންދަ ކުންފުނީގެ ހޮޓްލައިން 1400 އަށް ގުޅުމަށް އެންސްޕާއިން އިލްތިމާސްކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް