މުސާރަ ބޮޑުކުރަން އަންނަ އަހަރު ބަޖެޓްގައި 500 މިލިއަން ހުންނާނެ
މުހައްމަދު އާދަމް އަހްމަދު
31 އޮކްޓޯބަރ 2024 - 13:38:50
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އަންނަ އަޖަރުގެ ބަޖެޓްގައި ފައިސާ ހިމަނާފައިވާނޭކަމަށް ފިނޭންސް މިނިސްޓަރު މުސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަދު ވަނީ ރައްޔިތުން މަޖިލީހަށް ހުށައަޅާފައެވެ. ދައުލަތުން އަންނަ އަހަރަށް ހުށައެޅީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން 500 މިލިއަން ރުފިޔާ ހިމަނާފައިވާކަމަށެވެ. އެގޮތުން ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައިނުވާ ހުރިހާ މުވައްޒަފުން ހިނެނޭނެކަމަށް ޒަމީރު ފާހަގަކުރެއްވިއެވެ.
އޭގެިއތުރުން ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލުގެނެސް ހާމަނައިޒްކުރަން ނިންމާފައިވާކަމަށްވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
" އަދި އެނޫން އެހެން ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ވަނަ އަހަރު ބަދަކުކުރުމަށް ވަނީ ރާވައިފައި." ބަޖެޓް ބަޔާނުގައި ޒަމީރު ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް