ads
ޒުހޫރު، ފީފާގެ ރައީސްއާއެކު
ދިވެހި ފުޓްބޯޅަ އަލުން ކޮޅަށް ޖަހަން ފީފާއިން އެހީވާނެ
ދިވެހި ފުޓްބޯޅަ އަލުން ކޮޅަށް ޖަހަން، ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން އެހީވާނެ ކަމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ހަވާލާދީ، އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ބުނެފި އެވެ.
Advertisement

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން، ކުރީގެ ކުޅިވަރު ވަޒީރުވަނީ މި ހަފްތާގައި ސައުތު ކޮރެއާގައި ފީފާގެ ރައީސްއާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައި އޮތް ހާލަތުން އަރައިގަތުމަށް ފީފާއިން އެހީވާނެކަމުގެ ޔަގީންކަން، އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެއްވާފައިވާ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް އަހްމަދު ޒުހޫރުއާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ޒުހޫރުއާއަކު އެފްއޭއެމްގެ ވަގުތީ ޖީއެސް ޖައުޝަން ޝަރީފްވެސް ދެކުނު ކޮރެއާއަށް ވަޑައިގެންނެވިއެވެ. އެއީ ދެކުނު ކޮރެއާގައި ބޭއްވި އޭޝިއާ ފުޓްބޯޅަ ރައީސުން އަދި ޖެނަރަލް ސެކްރެޓަރީންގެ ކޮންފަރެންސަށެވެ.

ރިޕޯޓަތައް ބުނާ ގޮތުން އެ ކޮންފަރެންސްގެ ހަވާސާގައި އިންފަންޓީނޯ އާއި އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާއާ ޒުހޫރު ބައްދަލު ކުރައްވައި އެފްއޭއެމްގެ ހާލަތު ކިޔައިދެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް