މިއަދުން ފެށިގެން 4 ނޮވެމްބަރު 2024 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ސޭލްގައި ބޮޑެތި ޑިސްކައުންޓުތައް އަޅުވާފައި ހުންނާނެ އެވެ.
އެސްޓީއޯ އިން ބުނީ ތަފާތު ގިނަ ބްރޭންޑްތަކުގެ ތަކެތި ހިމެނޭ މި ވެއާ ހައުސް ސޭލް ކުރިއަށްދާނީ މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ވެއާސް ހައުސް ސޭލްގެ ބްރޭންޑް ތަކުގެ ތެރޭގައި ހިމެނެނީ ހިޓާޗީ އާއި މަކިޓާ އާއި ނިޕޯން ޕެއިންޓް އާއި ރެމިންގްޓަން އަދި ރަސްލް ހޮބްސް އެވެ.
ބަދިގެ ތެރޭގައި ހިފާ ގެންގުޅޭ ތަފާތު ގިނަ ބާވަތެއްގެ އައިޓަމްތައް ހިމެނިގެންދާ މި ސޭލްއަކީ 80 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް އަގުތަކެއްގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވާ ސޭލެއް ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެސްޓީއޯ ހެޑް އޮފީސް ގޯތި ތެރޭގައި އޮންނަ މި ވެއާ ހައުސް ސޭލް ކުރިއަށް ދާނެ ގަޑިތަކަކީ:
– 1 ނޮވެމްބަރު 2024 (ހުކުރު) – 17:00 – 18:00 އަށް އަދި 20:00 – 23:00
– 2 ނޮވެމްބަރު 2024 (ހޮނިހިރު) – 16:00 – 18:00 އަށް އަދި 20:00 – 23:00
– 3 ނޮވެމްބަރު 2024 (އާދީއްތަ) – 16:00 – 18:00 އަށް އަދި 20:00 – 23:00
– 4 ނޮވެމްބަރު 2024 (ހޯމަ) – 16:00 – 18:00 އަށް އަދި 20:00 – 23:00
އެސްޓީއޯއިން ކުރިއަށް ގެންދާ މި ވެއާ ހައުސް ސޭލްގެ ތެރެއިން 500 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ސޭލް ކުރިއަށްދާ ކޮންމެ ރެއަކު ނަސީބުވެރި ފަރާތެއް ހޮވުމުގެ އިތުރުން ވެއާ ހައުސް ސޭލް ނިމުމުން ނެގޭ ގުރުއަތުގައި ނަސީބުވެރި އެއް ފަރާތަކަށް ހާއްސަ ބޮޑު އިނާމު ލިބިގެންދާނެ އެވެ.