މިއީ ބައްސާމްގެ ހިޔާނާތުގެ މައްސަލާގައި ހިމެނޭ އެއް މިލިއަން ޑޮލަރުގެ ޗެކަކީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލައެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ މަހު ހުކުމްކުރީ އޭގެ ތެރޭގައި ހިމެނޭ އެއް މިލިއަން ޑޮލަރުގެ ޗެކަކީ އެފްއޭއެމް އާއި އަމިން ކޮންސްޓްރަކްޝަން ކުންފުންޏާ ދެމެދު ކުރި ޑޮލަރު ގަތުުމުގެ މުއާމަލާތެއް ކަމަށެވެ. އެ މައްސަލާގައި އަމިން ކުންފުނީގެ މައްޗަށް ކުރި ދައުވާ ވެސް ސާބިތުނުވާ ކަމަށް ހުކުމްކުރި އެވެ.
ޕީޖީ އޮފީހުން ބުނީ، އެ ފައިސާއަކީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށް ކޯޓުން ނިންމީ ގާނޫނީ ހަމަތަކާ ހިލާފަށް ހެކި ވަޒަން ކުރުމަށްފަހު ކަމަށް ދެކޭ ކަމަށެވެ. އެހެންވެ، އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައިވާ ގޮތުން ހައި ކޯޓުގައި އެދިފައިވާނީ އެއް މިލިއަން ޑޮލަރުގެ ޗެކާ މެދު ގޮތެއް ނިންމަން އަލުން ކްރިމިނަލް ކޯޓަށް ފޮނުވައި ދިނުމަށް އެދިފައެވެ.
އެފްއޭއެމްގެ ފައިސާތަކަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ކުށުގެ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމް ހުޅުމާލޭގެ އަމިން އެވެނިއުއިން އެޕާޓްމެންޓެއް ގަތުމަށް ފައިސާ ދެއްކުމަށް ބޭނުންކުރީ އެފްއޭއެމްގެ ފައިސާއިން ދައުލަތުން ތުހުމަތުކުރި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;