ގްރޫޕް ސްޓޭޖުގެ ފަހު މެޗުގެ ކުރިން މި ދެ ޓީމުން ކުއާޓާ ފައިނަލް ޔަގީން ކުރީ، ގްރޫޕުގެ އެއްވަނަ މަގާމް މި ދެ ޓީމުން ކުރެ އެއް ޓީމަށް މިރޭ ލިބޭއިރު، ތިން ގްރޫޕުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމަކަށް ދެން އޮތް ޓީމުވާނެތީއެވެ.
މި ގްރޫޕުން މާޒިޔާވަނީ ކުޅުނު ދެ މެޗުން ބަލިވެ ކަޓާފައެވެ. އަދި އެ ގްރޫޕުގައި ދެން ހިމެނުނު ޓީމަށްވެސް ކުއާޓާގެ އެއްވެސް ފުރުސަތެއް ނެތެވެ. އެއީ ކިރްގިސްތާންގެ ލީގު ޗެމްޕިއަން އަބްދީޝް އާޓާ ކިޔާ ޓީމެކެވެ.
މާޒިޔާއިން މިރޭ އެ ޓީމުގެ ފަހު މެޗަށް ނުކުންނާނެއެވެ.